
ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) ބީޝާމާ ދެކޮޅަށް އަބުރުގެ ދަޢުވާ ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ސައިންސް އެންޑު ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައާ އެމަނިކުފާނާ ގުޅުވައިގެން ސިއްރު ބައްދަލުވުމެއްގައި ޕީޖީ ވާހަކަ ދައްކަވައިފި ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.
އެޓުވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޕީޖީ އެވާހަކަ ވިދާޅުވި ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވަނީ ނޫސްވެރިއެއްގެ ފަރާތުން ކަމަށެވެ. އެހެން ކަމުން ޕީޖީއާ ދެކޮޅަށް އަބުރުގެ ދަޢުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
"ސިއްރު މީޓިންއެއްގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅުވައި އަޅުގަނޑުގެ ނަން ޕީޖީ ވިދާޅުވި ކަމުގެ މަޢުލޫމާތު ނޫސްވެރިއަކު ދީފި. ޕީޖީ ގޮވައިގެން އަބުރުގެ ދަޢުވާ ކުރާނަން،" މިނިސްޓަރ މަލީހު ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރު ގެ މައްސަލާގައި މިހާތަނަށް ތުހުމަތު ވެސް ކުރެވިފައިނުވާ މީހުންގެ ނަން ގެންނަނީ މީސްރާބު އޮޅުވާލަންބާ؟ ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ސުވާލު އުފައްދަވައިފައެވެ. އެހެންނަމަވެސް އެއީ ކޮން މިސްރާބެއް ކަމެއް ވިދާޅެއް ނުވެއެވެ. "ޕީޖީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ،" ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.
ހަމަ އެބުނާ ފައިސާ އެއްލިބިނުލައްވަނީތޯ އަބުރުގެ ދައުވާ ކުރައްވާނަމޭ ތިވިދާޅުވަނީ
ތިޔަވަރަށް ކުފާވާނީ އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކުރެވުނީމާ.