ޕްރައިމަރީ ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް ކަމުގައި ވުން ލާޒިމު

ވިކްޓޯރިއާގެ ސްކޫލް ނިންމާ ދަރިވަރުންނަށް ފަތަން ނޭނގޭތީ ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ތައްޔަރު ކުރުމަށް އެގައުމުން ބާރު އަޅައިފިއެވެ.

އޮސްޓްރޭލިއާގެ ނޫހެއް ކަމުގައިވާ ހެރަލްޑް ސަން އިން އާދީއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި ވިކްޓޯރިއާގެ ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ 50 މީޓަރަށް ފެތުމުގެ ގާބިލު ކަން ލިބިފައިވާ އަދި ފެނުގައި ދިމާވާ ހާދިސާ ތަކުން ސަލާމަތް ވުމުގެ ހުނަރު ލިބިފައިވާ ކުއްޖަކު ކަމުގައި ވާންޖެހެއެވެ. މިކަމަށް ބާރު އަޅާފައިވަނީ މިއަންނަ އަހަރު ފުރަތަމަ ޓާމުގައި ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ އާ ކަރިކިޔުލަމް ގެ ދަށުންނެވެ.

އެޑިޔުކޭޝަން އެންޑް އިމާޖެންސީ މިނިސްޓަރ ޖޭމްސް މަރލިނޯ ވިދާޅުވިކަމަށް އެނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ގިނަ ސްކޫލް ތަކުގައި ފަތަން ދަސްކޮށްދޭ ވަރަށް ރަނގަޅު ޕްރޮގްރާމް ތައް ހުރެމެ އެކަން ރަނގަޅަށް ކުރަނީ ވަރަށް މަދު ސްކޫލަކުންނެވެ. އެހެންކަމުން ވިކްޓޯރިއަން އާ ކަރިކިޔުލަމްގައި އެބައި ހިމެނުމުގެ މުހިއްމުކަން އިހްސާސްކުރެވުނީ ކަމުގައި މިނިސްޓަރ ވިދާޅުވި ކަމަށް އެނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި ކާނިވަލަކަށް ވުރެ ފުޅާކޮށް ސްކޫލްތަކުން ތަފާތު ސްވިމިން ޕްރޮގްރާމްތައް ހިންގަން ޖެހޭނެކަމަށް މިނިސްޓރ ވިދާޅުވިކަމަށްވެސް ހެރަލްޑް ސަންގައި ވެއެވެ.

އާ ކަރިކިޔުލަމްގައި ފަތަން ދަސްކޮށްދެ ޕްރޮގްރާމް ހިމަނާފައިވީ ނަމަވެސް ކުޅިވަރަށާއި، ކޭމްޕަތަކަށް އަދި އެކްސްކާޝަން ތަކަށް ދޭ 148 މިލިއަން ޑޮލަރުގެ އިތުރުން ފަތަން ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގަން ސަރުކާރުން އެއްވެސް ޚަރަދެއް ނުދޭ ކަމަށްވެއެވެ. 148 މިލިއަން ޑޮލަރަކީވެސް މާލީގޮތުން އިތުރު ޙަރަކާތްތަކުގައި  އަމިއްލައަށް ބައިވެރިވާނެ ތަނަވަސްކަން ނެތް އާއިލާ ތަކަށް ކަނޑައަޅާފައިވާ ބަޖެޓެވެ. ޕޫލާއި އިންސްޓްރަކްޓަރުން ކައިރި ހިސާބުތަކުން ހޯދަން ސްކޫލްތަކުން މަސައްކަތް ކުރަން ޖެހޭނެއެވެ.

ސަރުކާރުން އަދިވެސް ބޮޑަށް އިންކަންދެނީ ސްކޫލް ދައުރު ފެށުމުގެ ކުރިން ފަތަން ދަސްކޮށްދިނުމަށް ލައިފް ސޭވިން ވިކްޓޯރިއާ އިން ހިންގާ ޕްރޮގްރާމުގެ ނަތީޖާއަށް ކަމަށްވެސް މާރލިން ވިދާޅުވިކަމަށް ހެރަލްޑް ސަން އިން ރިޕޯޓުކޮށްފައިވެއެވެ.

ސްކޫލް ނިންމާ ކޮންމެ ކުއަޖަކީ ފަތަން ދަންނަ ކުއްޖެއް ކަމަށް ކަރިކިޔުލަމް އިން ލާޒިމުކޮށްފައި މިވަނީ ކޮންމެ ކުއަޖަކީ ފަތަން ދަންނަ ކުއްޖެގެ ގޮތުގައި ހެދުމަށް ބާރު އަޅައި ހެރަލްޑް ސަން އިން ކުރި ކެމްޕޭނަކާ ގުޅިގެންނެވެ.

ފެނުގައި ހިނގާ ނުރައްކާތެރި ހާދިސާ ތަކާއި މެދު އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ވޯޓަރ ސޭފްޓީގެ ވީކްގެ ނަމުގައި 1 ހަފުތާއަށް ދެމިގެންދާ ޕްރޮގްރާމެއް ވިކްޓޯރިއާގައި އިއްޔެ ވަނީ ފަށާފައެވެ. ހެރަލްޑް ސަންގައި ވާ ގޮތުން:

-        މިދިޔަ އަހަރު ފެނުގައި ހިނގި ހާދިސާ ތަކުގައި 43 މީހަކު ވަނީ މަރުވެފައެވެ. މިއީ ފާއިތުވި 10 އަހަރާ އަޅާބަލާއިރު 5 މީހުން އތުރު އަދަދެކެވެ.

-        ގެނބިގެން މަރުވާ މީހުންގެ 40 އިން ސައްތަ އަކީ އުމުރުން 65 އަހަރުގެ މީހުންނެވެ. އެހެންކަމުން އިއްޔެއިން ފެށިގެން 65 އަހަރުން މަތީގެ މީހުންނަށް އަމާޒު ކުރެވިގެން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމުތައް ވަނީ ފަށާފައެވެ.

-        ގެނބިގެން މަރުވުމުގެ ނުރައްކާ އެންމެ ބޮޑީ އުމުރުން 4 އަހަރުން ދަށުގެ ކުދިންނަނަށެވެ. އެހެން ކަމުން ތުއްތު ކުދިންނަށް އަމާޒުކުރެވިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ދެވަނަ ޕްރޮގްރާމެއް މިއަންނަ އަހަރު ކުރީ ކޮޅު ފެށުމަށް ހަމަޖެހިފައިވެއެވެ.

ގެނބިގެން މަރުވާ އަންހެނުންނާއި ކުޑަކުދިންގެ އިން ސައްތައަކީ 33 އެވެ. އޭގެ ތެރޭގައި ފެބްރުއަރީ މަހު ގެނބިގެން މަރުވި އުމުރުން 13 އަހަރުގެ އަންހެން ކުއަޖަކު ހިމެނެއެވެ. އޭނާ މަރުވީ އޭނާގެ ކޮއްކޮ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

ކަރިކިޔުލަމަށް ބަދަލު ގެނެސްފައި މިވަނީ ހެރަލްޑް ސަން އިން ލައިފް ސޭވިން ވިކްޓޯރިއާގެ ދިރާސާ ހާމަކުރުމާ ގުޅިގެންނެވެ. އެ ދިރާސާއިން ދައްކާ ގޮތުން ޕްރައިމަރީ ސްކޫލް ނިންމާ 5 ކުދިންގެ ތެރެއިން 3 ކުދިންނަށް ފަތާކަށް ނޭނގެއެވެ. އާ ކަރިކިޔުލަމް ގެ ދަށުން އެހެން މާއްދާ ތަކެކޭ އެއްގޮތަށް ފެތުމުންވެސް ދަރިވަރުން ފާސްވާންޖެހޭނެއެވެ.

ސުކޫލުތަކުގައި ޕޫލް ހެދުމަށް ސަރުކާރުން ޚަރަދެއް ނުކުރާނެއެވެ. އެހެނަމަވެސް ސްކޫލްތަކަށް ތަފާތު ގްރާންޓުތަކަށް ލައިގެން ފަންޑިން ހޯދޭނެއެވެ.

އެޑއުކޭޝަން އެންޑް އިމާޖެންސީ މިނިސްޓަރ ވިދާޅުވިކަމށް ހެރަލްޑް ސަންގައި ވަނީ ފަތަން ދަސްކޮށް ދިނުމުން ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށެވެ. މިއަންނަ އަހަރު ތަންފީޒުކުރަން ފަށާ އާ ކަރިކިޔުލަމްގެ ގެ ފިޒިކަލް އެޑިޔުކޭޝަން މި މާއްދާގެ ދަށުން ދަރިވަރުންނަށް ވޯޓާ ސޭފްޓީ އާ ބެހޭ ތަފާތު މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި ފްލޯޓު ކުރަންށާ ފަަަތަން ދަސްކޮށްދެވޭނެއެވެ.

ލައިފް ސޭވިން ވިކްޓޯރިއާގެ ޖެނެރަލް މެނޭޖަރ އޮފް އެޑިޔުކޭޝަން ކޭޓް ސިމްޕްސަން ވަނީ ކަރިކިޔުލަމަށް ގެނައި ބަދަލަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިއިީ މިހުނަރަު ފޯރުކޮށް ދޭން އެންމެ ރަނގަޅު ވަގުތު ކަމުގައި ސިމްޕްސަން ވިދާޅުވިކަމަށް ހެރަލްޑް ސަން އިން ރިޕޯޓު ކޮށްފައިވެއެވެ. އަދި ދަރިވަރުންނަށް ފޯރުކޮށްދެވޭ މައުލޫމާތާއި ހުނަރުގެ ބޭނުން އެކުދިން ބޮޑުވެގެން ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލައިފް ސޭވިންގ ވިކްޓޯރިއާގެ މަގްސަދަކީ ސަރުކާރާ ސްކޫލްތަކާ ގުޅިގެން ފެނުގައި ހިނގާ ހާދިސާ ތަކަށް ހަައްލެއް ހޯދުންކަމަށްވެސް ސިމްޕްސަން ވިދާޅުވިކަމަށް ހެރަލްޑް ސަން އިން ރިޕޯޓު ކުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.