އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑަވައިޒަރެއްގެ މަޤާމުގައި މިހާރު ހުންނެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ މުޙައްމަދު ޝަހީމް ޢަލީ ޝަޢީދުގެ ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑް ވިދާޅުވަމުން ދާ މައްސަލަ ބަލައިދިނުމަށް އެމްޑިޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ، މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް އެދިވަޑައިގެން ފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އެޑްރެސް ކޮށް ފޮނުއްވައިފައިވާ ސިޓީގައި ޢާޒިމް އެދިވަޑައިގެންފައި ވަނީ ޑރ ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑް ވިދާޅުވަމުން ގެންދަވަނީ އޯއިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެދިވަޑައިގެންނެވުމަށްތޯ، ބައްލަވައި ދެއްވުމަށެވެ. މި މައްސަލަ ބައްލަވައި ދެއްވުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީ، ޤައުމީތަރައްޤީއާއި ޚާރިޖީ ކަންކަމާބެހޭ ކޮމެޓީއަށް ފޮނުއްވައިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އެމަސަލަ ބައްލަވަމުން ގެންދަވާކަމަށާއި ވަރަށް އަވަހަށް އެމައްސަލަ ބައްލަވައި ނިންމަވައި މަޖިލީހުގެ ތަޅުމަށް ފޮނުއްވާނެކަމަށް އެކޮމެޓީގެ މުޤައްރިރު ވިދާޅުވެފައިވާކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޑރ ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑް ވިދާޅުވަމުން ދާ މައްސަލަ ބައްލަވައިދިނުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރ
އެދިވަޑައިގެން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 19 ގައެވެ.
ޑރ ޝަހީމަކީ އިސްލާމީކް މިނިސްޓަރކަންވެސް ދެ ސަރުކާރެއްގައި ކޮށްފައިވާ ބެފުޅެކެވެ. އަދި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައު މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ.
Shaheem veema hajamu kuran un'dhagoovejje dheththoa.india meehun an'ga beyni iru manippulhu nidhikuravvaafathoa