
ހައްދުންމަތީގެ 6 ރަށެއްގެ ކޯޒްވޭގެ މަޝްރޫޢު ޑިޒައިން ކުރުމާއި އީއައިއޭގެ މަސައްލަތް ކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިއަދު ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
ލ. އަތޮޅު ހިތަދޫ-މެންދޫ، ކަލައިދޫ-ދަނބިދޫ އަދި ކުނަހަންދޫ-މެންދޫ ކޯޒްވޭ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ކުރުމަށް ޙަވާކުރީ ފޯރސައިޓް ސާރވެއާރސް ޕްރައިވެޓް ލިމިޓެޑާއެވެ. އެމަސައްކަތް ޙަވާލުކުރީ 388,916.12 ރުފިޔާއަށެވެ. މި މަޝްރޫޢު ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 60 ދުވަހެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދުއޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލެނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ޝަނާ ފާރޫގެވެ. ފޮސައިޓް ސާވެއަރސް ފްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ނުއައިމް އެވެ.