
މާލޭ ރޯޅި ކެފޭގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ފަޔަރުން މިހާރުވަނީ އަލިފާން ނިއްވާލައިފައި ކަމަށެވެ. އެހެންނަމަވެސް ސިފައިން އަދިސް އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޯޅިކެފޭ ހުންނަނީ މާވެޔޮ މަގުގައެވެ. އަލިފާން ރޯވެފައިވަނީ އެތަނުގެ ބަދިގޭގައި ކަމަށް ޢާޒިމް ވިދާޅުވިއެވެ. އެތަނުގައި ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 9:53 އެހައިކަންހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މި ހާދިސާގައި އެ ކެފޭގެ ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން ބަދިގޭގައި ހުރި ކަބަޑު ބަރިތަކާއި އެހެނިހެން ހިފާ ގެންގުޅޭތަކެތި ވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ .
މާލޭގައި ވަރަށްފަހުން ވަނީ އަލިފާނުގެ ބޮޑު ދެ ޙާދިސާ ހިނގައިފައެވެ. އެ ދެ ޙާދިސާގައި ވަނީ އެތައް މީހުންނާއި މުދަލަކަށް ގެއްލުންވެފައެވެ. އަދި އެކަކުވަނީ މަރުވެފައެވެ.