
މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) ރަޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޤާނޫނީ ޖަލްސާ އަންނަ ނޮވެމްބަރު 7 ގައި ވާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މިއީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ ސިޔާސީ ޕާޓީއެކެވެ. މިއީ އެމަނިކުފާނު އުފައްދަވާ ތިންވަނަ ޕާޓީއެވެ. ފުރަތަމަ އުފެއްދެވީ ޑީއާރުޕީއެވެ. އެފަހުން އުފެއްދެވީ ޕީޕީއެމްއެވެ.
ނޮވެމްބަރު 7 ވަނަ ދުވަހު ބާއްވާ ޖަލްސާގައި ޕާޓީގެ ކުލައާއި ލޯގޯއާއި އަސާސީ ގަވާޢިދުފަދަ މުހިންމު ބައެއް އެއްޗެހި ފާސްކުރުން އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ޕާޓީ ހިންގުމަށް ވަގުތީ ކައުންސިލެއް ވެސް އެކުލަވާލައްވާނެއެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ.