ފުލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ސަރުކާރުން އައްޑޫސިޓީގައި އަޅާފައިވާ ފުލެޓުތައް ލިބިނު މީހުންނާއެކު ފުލެޓު ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށް އައްޑޫ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީކައުންސިލުން ވިދާޅުވީ ފުލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިއަދުން ފެށިގެން އެއް ހަފްތާއަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެ ކަމަށެވެ.

ހިތަދޫން ވަނީ 230 މީހުންނަށް ފުލެޓު ލިބިފައެވެ. ހުޅުދޫއިން ވަނީ 17 މީހުންނަށް ފުލެޓު ލިބިފައެވެ.

އައްޑޫގައި އަޅާފައިވާ ފުލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއިކުރުމުގެ ހިސާބަށް މިއައުދެވުނީ ވަރަށްގިނަދުވަހުގެ އިންތިޒާރަކަށްފަހު ސިޓީކައުންސިލްގެ ވަރަށްބޮޑު މަސައްކަތަކައެކުގައެވެ. ފުލެޓު ދޫކުރުމުގައި ބައެއް މީހުންގެ ކަންބޮޑުވުންތައް ހުއްޓަސް ކައުންސިލުން ވިދާޅުވެފައިވަނީ ފުލެޓު ލިބިފައިވާނީ ޝަރުތުހަމަވާ މީހުންނަށް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.