ޝައިޚް ޙުސައިން ރަޝީދު އަޙުމަދު ކުރައްވާފައިވާ ޓުވީޓަކަށް ހޯމް މީނިސްޓަރ ޢިމްރާން ޢަބްދުﷲ އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ އިޚުލާސްތެރި ދުޢާއަކުން ރައްދު ދެއްވައިފިއެވެ.
ޝައިޚް ޙުސައިން ރަޝީދު ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޢަދާލަތު ޕާޓީ މިހާރު ވަނީ ދުފުށް ކެހެރި ޕާޓީއަކަށް ވެފައި ކަމަށެވެ. ޝައިޚް ވިދާޅުވެފައިވަނީ ޝައިޚް ޢިމްރާންފަދަ ބައެއް ބޭފުޅުން ސަރުކާރުގެ މަތީ މަޤަމްތަތަކުގައި ބޮޑު މުސާރަ ނަންގަވައިގެން ތިއްބާވާއިރު ޑރ. އިޔާޒު ގެންދަވަނީ ކޮންމެ ކަމެއްގައި ސަރުކާރު ގޯސް ކުރައްވަމުން ކަމަށެވެ.
"ޢަދާލަތު ޕާޓީ މިހާރު ވެއްޖެ ދެފުއްކެހެރި ޕާޓީއަކަށް. އިޔާޒުމެން މެދު ނުކެނޑި ހުރިހާކަމެއްގައި ސަރުކާރު ގޯސްކުރަމުންދަނީ. އިމްރާނާއި މިހެންވީ މީހުން ކޮޅެއް ސަރުކާރުގެ އިސްމަގާމްތަކަށް ސަވާރުވެތިބެ، ބޮޑު މުސާރަ ނަގަމުންދަނީ. މިކަން ދެކޮޅު ޖައްސާނެ ގޮތެއް އިމްރާނު ވިދާޅުވެ ބައްލަވާ!" ޝައިޚް ޙުސައިން ރަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އެއަށް ރައްދު ދެއްވަމުން ޢިމްރާން ވިދާޅުވެފައިވަނީ މާތްﷲ ރައީސް ނަޝީދަށާއި ޝައިޚް ޙުސައިން ރަޝީދަށާއި، ޑރ. އިޔާޒަށާއި ޚުދު އެމަނިކުފާނަށް މާތްﷲ ރުހިވޮޑިގަންނަވާ މަގަށް ތެދުމަގު ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިސްލާމް ދީން މަތިވެރި ކުރުމުގެ މަސައްކަތްކުރާ މުސްލިމުންނަށް ހެޔޮގޮތް ހޯދުމަށް މަސައްކަތްކުރާ ބައެއް ކަމަށް ލެއްވި އެދި ދުޢާކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"މާތްﷲ ރައީސް ނަޝީދަށާއި، ޝައިޚް ޙުސައިން ރަޝީދާއި، އަޅުގަނޑާއި ޑރ. އިޔާޒުއަށް އެ އިލާހު ރުހިވޮޑިގަންނަވާ ތެދުމަގަށް މަގުދައްކަވައި އިސްލާމްދީން މަތިވެރި ކުރެއްވުމަށް މަސައްކަތްކުރާ މުސްލިމުންނަށް ހެޔޮގޮތް ހޯދުމަށް މަސައްކަތްކުރާ ބައެއްކަމުގައި ލައްވާށި. އާމީން،" ޝައިޚް ޢީމްރާންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒަކީ ދީނާގުޅޭ ގޮތުން ގޯސްކޮށްދާ ކަންކަން އިސްލާޙު ކުރެއްވުމަށް ސޯޝަލް މިޑިއާގައި ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޢިލްމުވެރިއެކެވެ. އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި ހިމަނާފައިވާ ދީނާ ޚިލާފު ވާހަކަތަކަށް ވެސް އެންމެ ބޮޑަށް ފާޑުވިދާޅުވެ އެ ޖަމްޢިއްޔާ އުވާލުމަށް ގޮވައްލައްވާ ބޭފުޅުންގެ ތެރޭގައި އިޔާޒު ހިމެނި ވަޑައިގަންނަވައެވެ.
Husain Rasheed huree musaara nulibey magaamehga?
Rasheed party ge is safu dhookoh MDP falhiah araa anni dhakkaa vaahaka dhifaaukoh eyna fahathun dhuvaa iru han'dhaaneh neiybaa anni varuge nubai meehaku nethigen kurin dhekki vaahakathah.anni varuge meehaku hama nufenigenbaa rasheed ge foiy neren anni gennanee? Aharemen nukiyavaa thibimeehunnah vure haalu dhera.
Imran bunigothah rasheed ashaa aharemennah seedhaa magah magu dhakkavaashi
އެއީ ފޭކު އެކައުންޓެއް