
މާލޭ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރު އަތުން އަތުލުމުން ބަދަލެއްގެ ގޮތުން ދިވެހި ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހޭ 271 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ޙަލާސްކޮށްފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދައުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު މުޙަންމަދު އަނިލް އެވެ.
އަނިލް ވިދާޅުވީ، ޖީއެމްއާރަށް ފައިސާދެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ޖީއެމްއާރަށް ދެއްކި 271 މިލިއަން ޑޮލަރަކީ އެކި ޖޫރިމަނާތަކާއި ލީގަލް ފީތަކާ އެކު އެ ކުންފުންޏަށް ދެއްކި ފައިސާކަމަށް ވެސް އަނިލް މިއަދު ވިދާޅުވި އެވެ. މިފައިސާ ދެއްކީ އެމްއޭސީއެލް އިންނެވެ.