ޖަގަލް ކުރަމުން ދުވުމުގެ ދުނިޔޭ ރެކޯޑު އައްޑޫގައި މުގުރާލައިފި

އައްޑޫ ސިޓީގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން އައްޑޫ" ގައި ބައިނަލްއަގުވާމީ ރެކޯޑެއް މުގުރާލައި އައުރެކޯޑެއް ހަދައިފިއެވެ.

މި ރެކޯޑު ހެދީ ބައިނަލްއަގުވާމީ ދުވުންތެރިޔާ މިޝަލް ކަޕްރަލް އެވެ. އޭނާ މުގުރާލައިފައިވަނީ ޖަގުލް ކުރަމުން 10ކިލޯމީޓަރު އެންމެ އަވަހަށް ފުރިހަމަ ކުރުމުގެ އަމިއްލަ ރެކޯޑެވެ. އެރެކޯޑު މުގުރާލުމަށްފަހުވަނީ އައު ރެކޯޑެއް ގާއިމް ކޮށްފައެވެ.

އޭނާ އަމިއްލަ ރެކޯޑު އައުކުރީ 10 ކިލޯމީޓަރުގެ ދުވުން 55 މިނެޓު 48 ސިކުންތުން ނިންމައިގެންނެވެ. މިފަހަރުގެ ރެކޯޑުގެ ތަފާތަކީ ހަތަރު ބޯޅަ ޖަގްލް ކުރަމުން ދުވުމެވެ. ކުރީގެ ރެކޯޑު އޭނާ ހަދާފައިވަނީ 3 ބޯޅަ ބޭނުން ކޮށްގެންނެވެ.

މި ދުވުމަށް މިފަހަރުވެސް ވަނީ ބޮޑުތަރުހީބެއް ލިބިފައެވެ. ކަޕްރަލް މިދުވުމުގައި ބައިވެރިވީ ދުވަހުމުގެ ފޯރިގަދަކޮށް ރާއްޖެ އިސްތިހާރު ކުރުމަށެވެ. މިދުވުމުގެ ކުޑަކުދންގެ އިވެންޓު އިއްޔެ ހަވީރުވަނީ ބާއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.