މުދައްރިސުންގެ ދުވަހުގެ ޚިތާބު ސިޓީއަކުން: މުދައްރިސަކަށް ޙައްޤު ޝުކުރާއި އެދެވޭ އުޖޫރައެއް ދިނުމަކީ ކުރެވޭނެ ކަމެއްނޫން- އެޑިއުކޭޝަން މިނިސްޓަރ

ފޮޓޯ: މިނިސްޓްރި އޮފް އެޑިއުކޭޝަން

މުދައްރިސަކަށް ޙައްޤު ޝުކުރާއި އެދެވޭ އުޖޫރައެއް ދިނުމަކީ ކުރެވޭނެ ކަމެއްނޫންކަމަށާއި އެއަށްވުރެ އެމަސައްކަތް ބުރަވެފައި ޤުރުބާނީ މަތިވެރިކަމަށް އެޑިއުކެޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެވެއެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ މުދައްރިސުންނަށް ފޮނުއްވި ސިޓީއެއްގައެވެ. މުދައްރިސުންގެ ދުވަހުގެ ޚިތާބު އެޑިޔުކޭޝަން މިނިސްޓަރ ނެރުއްވީ ސިޓީއެއްގެ ގޮތުގައެވެ.

ޙަރަކާތްތެރި މުދައްރިސުންގެ އައުޖީލެއް ނުއުފެއްދޭނަމަ، ފެންވަރު ރަނގަޅު ތަޢުލީމެއް ލިބިގަތުމަށް އެތައްކުދިންނެއް،  މުސްތަޤްބަލުގައި މަޙްރޫމްވާނެކަން، މިއަހަރުގެ މުދައްރިސުންގެ ދުވަހާގުޅިގެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފާހަގަ ކުރައްވައިފައިވާކަން އެޑިއުޝަން މިނިސްޓަރގެ ޚިތާބުގައި ވަނީ ފާހަގަކުރައަވައިފައެވެ. މުދައްރިސުންނަށް ދެވޭ ޤަދަރާއި މުސާރަކުޑަވުމުން، ޓީޗަރުން ވަޒީފާއަށް ގެނުވާ ދެހެއްޓުން، ގޮންޖެހުމަކަށް ވެފައިކަމަށް ވެސް ބައިނަލްއަޤްވާމީޖަމާޢަތަކާ ހަވާލާދީ އެޑިޔުކޭޝަން މިނިސްޓަރ ފާހަގަ ކުރައްވައިފައިވެއެވެ. ވަޒީފާ ދޫކޮށްލާ މުދައްރސުންގެ ނިސްބަތް ވެސް މުޅި ދުނިޔޭގައި އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރައްވައިފައެވެ. މި ގޮތަށް ދިމާވާ ދެ ސަބަބެއްކަމަށް ފާޙަގަކޮށްފައި ވަނީ މުދައްރިސުންގެ ކުރިމަގު އުޖޫލާކަމަށް ނުފެނުމާއި ފަޒިފާގެ ނުތަނަވަސަކަން ބޮޑުވުމެވެ.

އެޑިޔުކޭޝަން މިނިސްޓަރގެ ޚިތާބުގައި ފާހަގަ ކުރައްވައިފައިވާ ގޮތުގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި މަދުވެގެން އެއް މުދައްރިސަކާ ވަނީ ބައްދަލުވެފައެވެ. ބައެއް ފަރާތްތައް ކުރިއަރައި ދިޔަ ސަބަބަކީ އެމީހުންނާއި ދިމާވި މުދައްރިސުން ކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ. މުދައްރިސް ކަމަކީ އެކަމުގެ ހެޔޮ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާ މަތުވެރި މަސައްކަތެއްކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ.

"އަޚުގަނޑުގެ ނަޒަރުގައި މުދައްރިސަކަށް ޙައްޤު ޝުކުރު އަދާކުރުމަކީ، އަދި އެދެވޭ އުޖޫރައެއް ދިނުމަކީ، ކުރެވޭނެ ކަމެއްނޫން. އެއަށްވުރެ އެމީހުންގެ މަސައްކަތް ބުރައެވެ. ޤުރުބާނީ މަތިވެރިއެވެ. މާތްﷲ މުދައްރިސުންގެ މަތިވެރި މަސައްކަތަށް ހެޔޮބަދަލެއް ދެއްވައި، ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރައްވާށިއެވެ! އާމީން"  ޚިތާބުގެ ސިޓީ ނިންމާލައްވަމުން އެޑިއުކެޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.