
ބަނގްލަދޭޝްގެ ފިރިހަކުނަކު ރަހީނު ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމީހާ ރަހީނުކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު 2:46 ގައި ކަމަށެވެ. އެމީހާގެ ޢުމުރަކީ 34 އަހަރެވެ. އެމަޢުލޫމާތު ލިބުމާއެކު އެމީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށް ފުލުހުން ވިދާޅވިއެވެ.
އެމީހާ ހޯދަމުން ދަނިކޮށް އޭގެ އެއްދުވަސް ފަހުން އެމީހާވަނީ އަމިއްލައަށް ސަލާމަތްވެ ފުލުސް އޮފީހަށް ހާޒިރުވެ ކަންހިނގާދިޔަ ގޮތުގެ ތަފްސީލް ކިޔައިދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ ތަޙުޤީޤު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.