
ބިދޭސީން ދިރިއުޅޭ މާފަންނު ގެއެއްގައި ބިދޭސީއަކު ރަހީނުކޮށް އޭނާ އަތުން ފައިސާ އަތުލަން އުޅެނިކޮށް ފުލުހުން ގޮސް އެމީހާ ސަލާމަތް ކޮށްފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:14 އެހައިކަންހާއިރު ކަމަށް ފުލުހުންގެ މީޑިއާއިން މަޢުލޫމާތު ދެއްވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންވަނީ ބަނގްލަދޭޝް ދެ މީހަކު ބަންދު ކޮށްފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ތަހޫގީގު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މިގޮތަށް ބިދޭސީން ރަހީނުކޮށް އެމީހުން އަތުން ފައިސާ ހޯދަން އުޅޭ މައްސަލަތައް މިހާރު މިދަނީ މަޑުމަޑުން އިތުރުވަމުންނެވެ. މިއީ ދިވެހި މިޖުތަމަޢުގައި އުފެދިގެން އަންނަ ބޮޑުބިރެއް ކަމަށް ރައްޔިތުން މިހާރުވަނީ ބުނަން ފަށައިފައެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުންވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.