
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމަށް ޚާއްޞަ ވައިބަރ ސްޓިކަރ ސެޓެއް ނެރެފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު މި ސްޓިކަރ ސެޓް ވައިބަރ ސްޓިކަރ މާރކެޓުން މިހާރު ޑައުން ލޯރޑް ކުރެވޭނެއެވެ.
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމަށް މުޅި ރާއްޖޭގައި އިއްޔެ ވަނީ ތަފާތު ޙަރަކާތްތަކެއް ހިންގައިފައެވެ. ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިޢާރަކީ "އަހަރެންގެ ހިތް، ތިބާގެ ހިތް" މިއެވެ.
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ފެންވަރުގެ ހަރަކާތަކުގެ ތެރޭގައި، ހިތުގެ ދުޅަހެޔޮކަމަށް އެންމެން ގުޅިގެން ވަޢުދެއްވަމާ! ގެ ދަށުން އިއްޔެއިން ފެށިގެން ދަނީ ތަފާތު މެސެޖްތައް ފޯރިކޮށް ދެމުންނެވެ.