ޓޫރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކް އިފްތިތާހު ކުރައްވައިފި

ޓޫރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކް އިފްތިތާހު ކުރައްވައިފިއެވެ. މި ޑެސްކް އިފްތިތާހު ކޮށްދެއްވީ ބައިނަލް އަޤުވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޙަރަކާތުގެ ތެރެއިން ހުޅުލޭގައި އިއްޔެ ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައެވެ. މި އިވެންޓުގައި ވަނީ ފަތުރުވެރިންނާއި ޢާއްމުންނަށް ޚާއްސަކޮށްގެން މޫދުކުޅިވަރުތައް ބާއްވައިފައެވެ.

 ޓުއަރިސްޓް ޕޮލިސް ހެލްޕް ޑެސްކަކީ ފަތުރުވެރީންނަށް އެހީވުމަށް އިފްތިތާޙު ކުރި ޚިދުމަތެކެވެ. ފަތުރުވެރީން އެވަގުތަކު ޒިޔާރަތްކުރާ ސަރަހައްދުތަކާއި، ފަތުރުވެރިންނާ ގުޅޭ ޙަރަކާތްތައް ހިންގާ ސަރަޙައްދުތަކުގައި ޓޫރިސްޓު ޕޮލިސްގެ މޮބައިލް ޑެސްކެއްގެ ގޮތުގައި ހެލްޕު ޑެސްކެއް ބަހައްޓައިގެން ފަތުރުވެރިންނާ އެންމެ ގާތުން މަސައްކަތް ކުރާނެއެވެ. ފަތުރުވެރިންނަށް ދިމާވާ ކަންކަމުގައި އޯގާތެރިކަމާއެކު ޓޫރިސްޓު ޕޮލިހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވެފައިވެއެވެ.

ފަތުރުވެރިންނަށް ދިމާވާ ކަންކަމަށް އެކަށީގެންވާ ރަނގަޅު ޙައްލެއް ހޯދައި ދިނުމާއި އާމާން ރައްކާތެރި މާޙައުލެއް ހޯދައިދިނުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ޢާއްމު ރައްޔިތުންނާ ވެސް ގުޅިގެން ޓޫރިސްޓް ފުލުހުން މަސައްކަތް ކުރައްވާނެ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.