
ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމިހާ މާލެއާއި ނައިފަރާއި ދޭތެރޭ ދަތުރުކުރާ ބޯޓަކުން ނައިފަރަށް އައިސް ފައިބައިގެން ދަނިކޮށް މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރޭގައި އޮތް ސޯޓެއްގެ ތެރެއިން މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ އެއްެޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓްކުރުމުންވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންނެވެ.