ބަހްރެއިން އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ކިންގްޑަމް އޮފް ބަހްރައިން އާ ދެމެދު ދަތުރުފަތުރަ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއުކުރެވުނީ ކެނެޑާގް މޮންޓްރިއަލްގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަންގެ (އިކާއޯ)ގެ 40ވަނަ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްް އެންޑ ސިވިލް އޭވިއޭޝަން ޢާއިޝަތު ނަޙްލާ އެވެ. ބަހްރެއިން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޮޓޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން މރ. ކަމާލް ބިން އަޙްމަދް މުޙައްމަދް އެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖެ އާއި ކިންގްޑަމް އޮފް ބަހްރެއިން އާ ދެމެދު ވައިގެ ދަތުރުފަތުރު ފެއްޓެވުމަށް މަގުފަހިކުރުމުގެ ގޮތުން 18 ޖެނުއަރީ 1995ގައި ސޮއިކުރިި މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގެ ދަށުން އެކުލަވާލައި ރަމްޒު ސޮއިކުރެވުނު އެއްބަސްވުމެވެ.

ބަހްރެއިނާ ރާއްޖެ އާ ދެމެދު ދަތުރުފަތުރު ފެށުމުގެ ހުއްދައަށް ބަހްރެއިންންގެ ގައުމީ އެއާލައިން ކަމަށްވާ ގަލްފް އެއަރ އިން މިހާރުވަނީ އެދިފައެވެ. އަންނަ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު އެ އެއާލައިނުން ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި ހަަފްތާއަކު 6 ފްލައިޓު އޮންނާނެއެވެ. އެ ފްލައިޓްތައް އޮޕަރޭޓް ކުރާނީ ބަހްރެއިން-ކޮލޮމްބޯ-މާލެ-ބަހްރެއިން މަގުންނެވެ.

ދިވެހިރާއްޖެ އާއި ބަހްރެއިން އަ ދެމެދު އިއްޔެ ސޮއިކުރެވުނު އެއްބަސްވުމާއެކު، ރާއްޖެއިން ޖުމުލަ 47 ގައުމާއެކު ދަތުރުފަތުރުގެ އެއްބަސްވުން ގާއިމުކޮށްފައިވެއެވެ. އެ އެއްބަސްވުންތަކުގެ ދަށުން 21 ގައުމެއްގެ 29 އެއާލައިނެއް ރާއްޖެއަށް އޮޕަރޭޓް ކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.