ޢުމަރު ނަސީރުގެ ތަޢުރީފް ރާއްޖޭގެ ޢިލްމުވެރިންނަށް

ރާއްޖޭގެ ދިނީ ޢިލްމުވެރިންނަށް ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވަރަށްބޮޑަށް ތަޢުރީފް ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

ޢުމަރު ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ކަމާއި ހައްދު ފަހަނައެޅުމުގެ ކަންކަން ކުރިއަށްދާއިރު އެހެން ޤައުމުތަކާ އަޅާބަލާއިރު އެކަންވަނީ ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. އެކަންއެހެންވުމުގައި ދީނީ ޢިލްމުވެރިންގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިންނަކީ ސައުވީސްގަޑިއިރުހެން ދީނީ ނަސޭހަތް ދިނުމުގައި ޙަރަކާތްތެރިވާ ބައެއް. އެ ނަޞޭޙަތް އަޑުއަހާ މީހުންވެސް ވަރަށްގިނަ. އޭގެ ސަބަބުން މީހުންނަށް އެދެވޭ އަސަރު ވަރަށްބޮޑަށްކުރޭ. ޢިލްމުވެރިންގެ ނަޞޭޙަތް ޤަބޫލުކޮށް އެއަށް ޢަމަލުކުރާ މީހުންވެސް ވަރަށްގިނަ. އެހެންވީމާ ޢިލްމުވެރިން އެކުރައްވާ މަސައްކަތް ވެސް ވަރަށްބޮޑަށް ބަލައިގަންނަން ޖެހޭ،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދީނީހަރުކަށި ފިކުރާއި ހައްދު ފަހަނަޅައި ދިއުމުގެ ސަބަބުން އެހެން ޤައުމުތަކުގައި ހިނގާ ޒާތުގެ ކަންކަން ރާއްޖޭގައި އަދި އެހާ ބޮޑަށް ނުހިނގާ ކަމަށެވެ. މިހާތަނަށް ރާއްޖޭގައި ހިނގާފައިވަނީ ދީނީހަރުކަށި ޚިޔާލުގެ މީހުންނަށް ތުހުމަތުކުރެވޭ ދެމަރަކާއި،ސަލްޓަންޕާކުގައި ބޮންގޮއްވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއަށްވުރެ މާގިނަ މީހުން މަރުވެފައި އެބަހުރި ގޭންގު މާރާމާރީތަކުގައި. އެހެންވީމާ ގޭންގުތަކުގެ މައްސަލައަކީ މިހާރުން މިހާރަށް ވެސް ޙައްލުކުރަންޖެހޭ ކަމެއް. މިދެންނެވީ ކުރިންދެންނެވި ކަންކަން ދޫކޮށްލާ ވާހަކައެއްނޫން. ދީނީހަރުކަށި ފިކުރާއި ހައްދުފަހަނައެޅުން ވެސް ބަލައި ހުއްޓުވަންޖެހޭ ކަމެއް. އެކަންކަމަކީ ބޮޑުވަރު ވުމުގެ ކުރިން ކޮންޓްރޯލް ކުރަންޖެހޭ ކަމެއް. ރާއްޖޭގައި އެބައި އަދި އޮތީ ވަރަށްބޮޑަށް ކޮންޓްރޯލްވެފައި،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ބްރޯ ޢުމަރު... ތިޔަ ބޭފުޅާ ތިޒާތުގެ ވާހަކަ ދައްކައިގެން ޗިޕް ޖަހަން އުޅުއްވާތީ އަޅުގަނޑު ގާތަށް އަންނަނީ ހިނި.
    ސަބަބަކީ ތިޔަ ބޭފުޅާގެ ޙަޤީޤަތާއި ދީނީ ނަޞޭޙަތް ދޭ ފަރާތް ތަކުގެ ޙަޤީޤަތް ތައް އަޅުގަނޑަށް އެނގޭތީ... ޝުކްރިއްޔާ ބްރޯ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.