
މާލޭ ޖަލުގައި މިވަގުތު ތިބި ގައިދީންގެ ކަންބޮޑުވުންތައް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އޮޅުން ފިލުއްވައިފިއެވެ.
އެމަނިކުފާނު ގައިދީންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވެވި މިއަދު މާލޭ ޖަލަށް ވަޑައިގެން އެމީހުންނާ ވާހަކަ ދައްކަވައިގެންނެވެ. މިނިސްޓަރ ވަނީ ޖަލުތަކުގެ ޙާލަތު ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ގައިދީންނަށް ދެއްވައިފައެވެ. މިނިސްޓަރ ވަނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ ކަންކަން އަވަސްކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނަށްވެސް އަންގަވާފައެވެ.
މިނިސްޓަރ ޢިމްރާން މިއަދު މާލޭ ޖަލަށް ވަޑައިގެންނެވީ ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން، ހާލަތު ދެނެގަތުމަށްޓަކައެވެ. މިޒިޔާރަތުގައި އެމަނިކުފާނުވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާލައްވައިފައެވެ. އެމަނިކުފާނުވަނީ ހާލަތު ރަނގަޅުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ކަންކަން ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ ކަންކަމާ ބެހޭ އިރުޝާދުވެސް ދެއްވިއެވެ.