
ނ. އަތޮޅު މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢަކީ 42,183,081.60 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ. މި މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 330 ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުއް ތޮއްޓެއް ލުމާއި، އެއްގަމު ތޮއްޓެއް ލުމާއި ރިވެޓްމެންޓެއް ޖެހުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ޖެހުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ނެރުވެސް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދުއޮތް ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު ޙުސައިން މޫސާ އެވެ.