
ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ޙަވާލު ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން އެމަސައްކަތް އެކުންފުންޏާ ޙަވާލުކުރެއްވީ 57,124,555.27ރުފިޔާއަށެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 425 ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަކީ 355 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި،270 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމެވެ. އޭގެ އިތުރަށް 2 ނެރު ބައްތި ޖެހުމާއި 20 ބަނދަރު ބައްތި ޖެހުމާއި 1 ރޭމްޕު ހެދުމާއި، 2583 ސްކެއަރ މީޓަރުގެ ޕޭވްމަންތް ހެދުމެވެ. އޭގެ އިތުރަށް ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި ރިވެޓުމެންޓު ޖެހުންފަދަ މަސައްކަތްތައް ހިމެނެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމެނަންޓް ސެކެރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ ޝާހިދު ޙުސައިން މޫސާއެވެ.