ހަނިމާދޫ ބަނދަރުގެ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމެނީ

ހދ. ހަނިމާދޫ ބަނދަރު ބަނދަރުގެ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމުމާއި ގާތަށް ހިނގައްޖެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް ވެސް ބުންޏެއެވެ.

މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތް ކުރާއިރު، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ. އަދި ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުން ހިމެނޭ ކަމަށް ވެސް ބުންޏެ އެވެ.

މީގެ އިތުރުން ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ނިމި، މުޅި ޖުމްލަ 93 ޕަސެންޓް މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއީ 69.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.