
ރާއްޖޭގެ އެކިހިސާބަށް މިދުވަސްވަރު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން ވިދާޅުވެފައިވަނީ ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އެހެން ކަމުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިވަޑައިގެންފައެވެ.
ޢާއްމުކޮށް ދެކުނުގެ އަތޮޅުތަކަށް (ހުޅަނގުދެކުނާއި ހުޅަނގުން) ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން ވިދާޅުވެފައިވެއެވެ. ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.