
ތިން ދިވެހީން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މޫރިތި ނަމަކަށްކިޔާ މި ދޯންޏަކީ ޑައިވިން ދޯންޏެކެވެ. އެ ދޯނީގެ ޚަބަރެއްވެފައިވަނީ މިއަދު 11:20 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެ މީހުންގެ ޚަބަރެއް ނުވެދިޔައީ ދޯނީގެ އިންޖީނަށް މައްސަލައެއް ދިމާވެގެންނެވެ. އެހެން ދޯންޏެއްގެ އެހީތެރި ކަމާއެކު ޑައިވިން ދޯނި މިހާރު ދަތުރު ކުރަމުންދަނީ ލ. އަތޮޅަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.