
މަރުވެފައި އޮތް ދިވެއްސަކު މާފަންނު ގެއަކުން ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ ޢުމުރުން 21 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:30 އެހައިކަންހާއިރު ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަން ފާހަގަ ވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމާ ބެހޭގޮތުން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.