ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުފައްދާފައިވާ ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުކަމަށް 5 ބޭފުޅުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢިޞާމް މުޙައްމަދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިއުމަން ރިސޯސް ޑިވިޜަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލާ ލުބްނާ ޢަބްދުލްޤާދިރުއާއި، ސިވިލް ސަރވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑޮކްޓަރ މުޙައްމަދު ފައިޟަލްއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފައިނޭންޝަލް ކޮންޓްރޯލަރ އަލްފާޟިލާ ފާޠިމަތު ރަޒީނާއެވެ.