މަޖީދީމަގުގެ މަރާމާތުކުރި ބައި ހުޅުވައިފި

މާލޭގެ މަޖީދީމަގު އަލުން މަރާމާތުކުރުމުގެކުރިން

މާލެ އަލުން ރީޑިޒައިންކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެތެރެއިން ފަށާފައިވާ މަގުތައް ހެދުމުގެ މަޝްރުޢުގެތެރެއިން މަޖީދީމަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިންމައި އެބައި ހުޅުވާލައިފިއެވެ.

މަގުހެދުމުގެ  މިމައްސަކަތުގެތެރެއިން ފުރަތަމަ ފިޔަވަހީގައި ހަދާފައިވަނީ މަޖީދީމަގުގެ ހުޅަނގުކޮޅެވެ.  މިދިޔަ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހު ފެށި މިމަސައްކަތް ކަނޑައެޅި ތާރީހަށް ނިންމާ ނުލެވުނީ، މޫސުން ގޯސްވުމާއި، އެމަގުގައި ކުރިން ވަޅުލާފައިވާ ނަރުދަމާހޮޅިތައް ހުރގޮތުންކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ކަނޑައެޅިފައިވާ ތާވަލަށްވުރެ ލަސްވީނަމަވެސް މިހާރު މިމަސައްކަތުގެ %90 ނިމިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މަޖީދީ މަގު އަލުން ހަދާއިރު، މަގުގެ ދުވާރާއި،ދުވާރު ހަދާވައިވާ ގޮތަށްވަނީ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައެވެ. މިހާރު ނިމިފައިވާ ބަޔަށް ބަލާއިރު، ދުވާރުގައި އަޅާފައިވާ ގާތައް ތަފާތެވެ. އޭގެ ސަބަބުން ކުރިއަށްވުރެ ފަސޭހައިން ހިނގާމީހުންނަށް މަގު ބޭނުންކުރެވޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހަކަމާއެކު މަގު ބޭނުން ކުރެވޭނެއެވެ.

މާލޭގެ މަގުތައް އަލުން ޑިޒައިންކޮށް މަރާމާތުކުރުމުގެ ބޮޑު މަޝްރުޢެއް ސަރުކާރުންވަނީ ފައްޓަވާފައެވެ. އަދި މާލޭގެ ނަރުދަމާގެ ނިޒާމުވެސް އަލުން އެޅުމަށް ބިޔަ މަޝްރޫޢެއް ފައްތަވާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.