ރާއްޖޭގައި ވީވީއައިޕީ މޮޓޯކޭޑުގައި ހިމެނުނު ފުރަތަމަ އަންހެން ފުލުހަކަށް ލާންސްކޯޕްރަލް އަލީނާ މޫސާ މިއަދު ވެއްޖެއެވެ.
ރާއްޖޭގައި ވީވީއައިޕީ މޮޓޯކޭޑުގައި މީގެކުރިން މުޅިންވެސް ފިރިހެން ފުލުހުން ހަރަކާތްތެރި ވަމުން އައި އައުން އަންހެން ފުލުހުންގެ ތާރީޚުގެ ތެރެއަށް އަލީނާ ގެންގޮސްދިނީ މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ދަތުރުފުޅުގައި ބައިވެރިވި މޮޓޯކޭޑުގައި ހިމެނިގެންނެވެ.
އަންހެން ފުލުހުންގެ ތާރީޚުގެ ތެރެއަށް އަލީނާ ދިޔައިރު ފުލުހުންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ މޮޓޯކޭޑުގައި އަލީނާ ހަރަކާތްތެރިވާ ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ. އަދި އަންހެން ފުލުހުންނަށްވެސް މިކަން ކުރެއްވޭނެކަން އަލީނާ ސާބިތުކޮށްދީފި ކަމަށް ވަނީ ބުނެފައެވެ.
އަލީނާ މޫސާއަކީ ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުގައި ހަރަކާތްތެރިވަމުން އަންނަ އޮފިސަރެކެވެ.