ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 މުވައްޒަފުންގެ ތަމްރީނު ހޯދުމަށް އިންޑިއާއަށް ފުރައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 މުވައްޒަފުންގެ ތަމްރީނު ހޯދުމަށް އިންޑިއާއަށް ފުރައިފިއެވެ.

މި ވަފްދުގެ ބޭފުޅުން އިންޑިއާގެ ނިއުދިއްލީއަށް ފުރީ މިރޭގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ، މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ ޕާލަމެންޓަރީ ސަރވިސްގެ 10 ބޭފުޅުންބައިވެރިވެވަޑައިގަންނަވާއިރު، އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނޭ ކަމަށް މަޖިލިސް އިދާރާ އިން ހާމަކުރައްވައެވެ.

އޯގަސްޓް 1 އިން 6 އަށް މަޖިލީހުގެ ވަފްދުން ނިއުދިއްލީއަށް ކުރާ ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ މަސައްކަތް ކުރާގޮތް ބައްލަވާ ލައްވާ މައުލޫމާތު ހޯއްދަވާނެ ކަމަށް ވެސް މަޖިލިސް އިދާރާ އިން ބުނެއެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ ދެ ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ދިޔައީ 2020 ވަނަ އަހަރުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.