ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީތަކަށް ފިޔަވަޅު އަޅަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަޑަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީ ތަކާމެދު ފިޔަވަޅު އަޅާނެ ކަން މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ޓްވީޓް އެއްގައި ހާމަކޮށް ފައިވާ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުނަގާ ޓެކްސީ ތަކުގެ ރޯޑްވާދިނަސް މިންގަޑަށް ފެތޭތޯ އާއި އެ އުޅަދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ނުވާ އުޅަނދުތޯ ބެލުމަށް ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.

ޓެކްސީ ގަވާއިދު ނަމްބަރ 2013/R – 1475 ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވަނީ ޓެކްސީ ލައިސަންސަށް އަލަށް ނުވަތަ އައުކުރުމަށް އެދި ހުށަހަޅާ އެއްގަމު އުޅަނދަކީ، އެއްގަމުގައި ދުއްވާ އިންޖީނު ލީ އުޅަދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ، ރޯޑްވާދިނަސްގެ މިންގަޑަށް ފެތޭ، އުޅަނދު އުފެއްދި ތާރީޚުން ފެށިގެން 20 (ވިހި) އަހަރު ނުފުރޭ އެއްގަމު އުޅަދަކަށް ވާންވާނެއެވެ. މިފަދައިންނެވެ. އަދި މިގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ވަނީ އިސްލާހު ކުރެވިފައެވެ. އެ އިސްލާހުކުރެވުނު މާއްދާގައި ބަޔާން ޓެކްސީގެ ޚިދުމަތް ދިނުމުގައި އަގު ނަގަންވާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީގެ ޚިދުމަތުގެ އަގު ކަނޑައަޅައި އާންމު ކުރާ މިންގަޑަށް ވުރެ ބޮޑު ނުވާގޮތަށެވެ.

އަދި މާލޭ ސަރަހައްދުގައި ޓެކްސީ ދުއްވާ ފަރާތްތަކުން ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގަމުންދާ ކަމުގެ ގިނަ ޝަކުވާ އެ އޮތޯރިޓީ އަށް ލިބެމުންދާ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަން އެ އޮތޯރިޓީގެ (IUL)202 – L/1/2019/74 ނަމްބަރ އިއްލާނުގައި ބަޔާންކޮށްފައި ވެއެވެ.  އަދި އެ އޮތޯރިޓީގެ (IUL)202 – L/1/2019/67 ގައި ބަޔާންކޮށް ފައިވާ އަގަށް ވުރެ ބޮޑު އަގުނަގާ ފަރާތްތައް " އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނު 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން -/750 ރ އިން ޖުރުމާނާ ކުރެވޭނެ ކަން މިދެންނެވި އިއްލާނުގައި ބަޔާންކޮށް ފައިވެއެވެ.

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

1 ޚިޔާލު

  1. ކުލި ނަގައިގެން ދުއްވާ އެއްގަމު އުޅަދު ފަހަރުގަ ރީދޫބޯޑު ހުންނާކަށް މިހާރަކު ނުޖެހޭތަ ޕުރައިވެޓް ކާރުގަވެސް ޓެކްސީ ކުރެވޭ ބޮދުންވެސް
    ޓެކްސީ ކުރޭ ޓެކްސީ ހުއްދަޔެއް މެޑިކަލެއް ނުވިތާކަށް ރީދޫ ބޯޑު ދިއްލޭބޯޑެއްނުހުރެ
    ޓެކްސީ ހުއްދައަތުލުމުން ޕްރައިވެޓް ބޯޑުޖަހައިގެން ދަތުރު ކުރެވޭނެ އެއްވެސް ހަމައެއް ލަމައެއްނެއްކަމެއް މިިހާރު ޓެކްސީ އަކީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.