25 ގައުމެއްގެ މީހުންނަށް 90 ދުވަސް ވާންދެން އިތުރު ލައިސަންސަކާ ނުލައި ދުއްވޭނެ

މިނިސްޓްރީން ހުއްދަކޮށްފައިވާ 25 ގައުމެއްގެ މީހުންނަށް އެމީހުންގެ އަތުގައި އެ ގައުމެއްގެ ސައްހަ ލައިސަންސެއް އޮތް ނަމަ އިތުރު ހުއްދައެއް ނެގުމަކާ ނުލައި ދިވެހިރާއްޖޭގައި 90 ދުވަސް ވާންދެން އެއްގަމު ދުއްވާ އެއްޗެހި ދުއްވުމުގެ ހުއްދަ އޮންނާނޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ސައްހަ ލައިސަންސެއް އޮތް މީހަކު އެމީހަކަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދުފަހަރު ދުއްވާ ދާއިމީ ލައިންސަންސެއް ދޭން ކަނޑައަޅައި، ލައިސަންސް ދޭނޭ ގައުމުތަކުގެ ނަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން އިއްޔެ ވަނީ އާއްމު ކޮށްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު 4 ވަނަ އިސްލާހާއެކު އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މީހުންނަށް ހުއްދަ ދިނުމަކީ ގާނޫނުގެ ދަށުން މިނިސްޓަރީއަށް ލިބިދީފައިވާ އިޚްތިޔާރެކެވެ. އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިހާނު ހަދައިގެން ނޫނީ އާއްމު އުސޫލުގެ ދަށުން ހުއްދައެއް ނުލިބޭނެއެވެ. އެހެންނަމަވެސް މިއަދު އާއެްމު ކުރި 25 ގައުމުގެ މީހަކު އެ މީހެއްގެ ގައުމުގެ ސައްހަ ލައިސަންސެއް ހުށަހަޅައިފިނަމަ އެ އިމްތިހާނު ހެދުމަކާ ނުލައި ލައިސަންސް ދޫކުރާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާއްމު ކުރި 25 ގައުމަކީ އަފްޣާނިސްތާނާއި ބޫޓާނާއި އިންޑިޔާއާއި ނޭޕާލާއި ޕާކިސްތާނާއިސްރީލަންކާއާއި ބުރުނައީއާއި ކެމްބޯޑިއާއާއި އިންޑޮނީޝިއާއާއި ލާއޯސްއާއި މެލޭޝިއާއާއި މިޔަންމަރއާއި ފިލިޕީންސާއިސިންގަޕޯރާއި ތައިލެންޑާއި ވިއެޓްނާމާއި ޖަޕާނާއި ޔުނައިޓެޑް ކިންގްޑޮމާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި ޗައިނާއާއި ޔުނައިޓެޑް އެރެބް އެމިރެޓްސްއާއިސްވިޓްޒަރލެންޑާއި ސަޢޫދީ ޢަރަބިއްޔާއާއި ބެލްޖިއަމާއި ޖަރުމަނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.