މާލޭގެ ޕާކިން މައްސަލައަށް ޙައްލެއް ލިބިގެން ދާނީ ރަޖިސްޓްރީކުރެވޭ އުޅަނދުފަހަރު ކޮންޓްރޯލް ކުރެވިގެން: މިނިސްޓަރ ނަހްލާ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލޭގެ ޕާކިން މައްސަލައަށް ޙައްލެއް ލިބިގެންދާނީ ރަޖިސްޓްރީކުރެވޭ އުޅަނދުފަހަރު ކޮންޓްރޯލް ކުރެވިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހްލާ ވިދާޅުވެއްޖެއެވެ. އެމަނާ މިހެން ވިދާޅުވީ މާލޭގެ ޕާކިން މައްސަލައާ ބެހޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިނިސްޓަރު ނަޙްލާ އާއި ސުވާލުކުރައްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މުޅި މާލޭގައި ދުއްވާ އެއްޗެހީގެ ތޮއްޖެހުން ހައްލުކުރުމާގުޅޭގޮތުން ތައްޔާރުކުރައްވައިފައިވާ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިފައިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ. އެ ކަރުދާހާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މާލެގެ މަގުތައް ފަރުމާކޮށްފައިހުރީ ޕާކިނަށް ޖާގަ ދީގެން އެކަމަށް ވިސްނައިގެން ނޫން ކަމަށެވެ. މާލޭގެ ޕާކު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިތުރަށް ދިރާސާ ކުރައްވަމުންދާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގެ ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ތިން ޕާކިން ބިލްޑިންގް އެޅުމަށް ހަމަޖައްސަވައި ބަޖެޓް ކުރައްވައިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބިލްޑިންގް ތަކުން ދޫކުރެވިގެން ދާނީ ކިހާ ޕާކިން ޖާގައެއްކަން ދެންނެވޭނީ އެބިލްޑިންގތަކުގެ ކުރެހުންތައް ނިމުމުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕާކިން މައްސަލަ ޙައްލުކުރުމަށް މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަ އެކަމަށް އަވަސް ހައްލެއްގެ ގޮތުން ޕާކްކުރާނެ ސަރަޙައްދު ތަކެއް ޤާއިމްކޮށްދެއްވައިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ. މި އަހަރުގެ ނިޔަލަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ސައިކަލު ޕާކުކުރުމަށް 1000-1500 ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 100އަށްވުރެ ގިނަ ޕާކިން ޖާގަ ކަނޑައެޅިގެންދާނެކަމަށް ވިދާޅުވިއެވެ. މިހާތަނަށް ފަސް ސަރަހައްދެއްގައި ޕާކިން ޖާގަ ވަނީ ހައްދަވައި ދެއްވައިފައެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެއާޕޯޓުގައި ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިފައވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިކަމުގެ ސަބަބުން މާލެގެ ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރާ ވެހިކަލްތައް މަދުވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އެއާޕޯޓުގެ ދެ ސަރަހައްދަކުން ސައިކަލުތައް ޕާކުކުރުމަށް 1692 ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 47 ޖާގަ ކަނޑައެޅިފައިވާކަން މިނިސްޓަ ފާހަގަ ކުރެއްވިއެވެ. އަދި އެއާޕޯޓަށްދާ މީހުންނަށް ފީ އެއް ދައްކައިގެން އެއާޕޯޓުގައި ޕާކު ކުރެވެނެ އިންތިޒާމު ހަމަޖައްސާފައިވާކަން ވެސް ޓްރާންސްޕޯޓް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ފުލުހުން ވެހިކަލްތަކުގައި ސްޓިކަ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރ ޖަހަނީ ރައްޔިތުންނަށް އުނދަގޫވާގޮތަށް، ޤަވައިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިސްކިތްތަކާއި ސްކޫލުތަކާއި ހޮސްޕިޓަލުތަކާއި ބޭންކުތަކަށް ވަދެނުކުމެ އުޅެން ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާއި ކަފިހިހުރަސްތައް މަތީގައާއި ދުވާރުމަތީގައާއި ގޯޅި ތަކުގެ ކަންމައްޗަށްވާގޮތަށާއި ބޮޑުތަކުރުފާނުމަގުގެ ތާރުއެޅި ސަރަހައްދާއި ފުލުހުން ކޯނުޖަހައިފައި ހުންނަ ތަންތަނާއި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދާއި ޑަބަލް ލައިން ދަމާފައިވާ ސަރަހައްދު ތަކުގައި ޕާކްކޮށްފައި ހުންނަ އުޅަނދުގައި ސްޓިކަރ ޖަހާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.