އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް 11 ދާއިރާއިން 17 ފަރާތަކަށް

އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް  11 ދާއިރާއިން  17 ފަރާތަކަށް ލިބިވަޑައިގެންފިއެވެ. ދައުލަތުގެ ޓެކްސް އިދާރާގެ ޚިދުމަތަށް ނުވައަހަރުން ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މިއަހަރު ރަންލާރި އެވޯރޑް ލިބިވަޑައިގެންނެވި ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރު މެހެމާން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

ކޮންމެ އަހަރަކު ވެސް، ޓެކުހާބެހޭ ޤާނޫނާއި ޤަވާއިދުތަކުން އަދާކުރަންޖެހޭ އިލްތިޒާމްތައް ޤަވާއިދުން އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް މީރާ އިން އަންނަނީ ރަންލާރި އެވޯރޑް ދެމުންނެވެ. ރަންލާރި އެވޯޑަކީ ޓެކްސް ދައްކާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އަގު ވަޒަންކުރުމުގެ ގޮތުން 2012 އިން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުންއަންނަ އެވޯރޑެކެވެ.

ރަން ލާރި އެވޯޑް ލިބިވަޑައިގެންނެވި ފާރާތްތަކުގެ ތެރެއިން ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން ވަނީ ތިން ގިންތިއަކުން ތިން އެވޯޑް ޙާޞިލް ކޮށްފައެވެ. އަދި ޔުނިވާރސަލް އިންވެސް ވަނީ ދެ ގިންތިއަކުން އެވޯޑް ޙާޞިލްކޮށްފައެވެ. ވިޔަފާރީގެ ފައިދާގެ ޓެކްސް ގިންތިން ތިންފަރާތަކަށް ރަން ލާރި އެވޯޑް ލިބިވަޑައިގެންނެވިއެވެ.

ވިޔަފާރީގެ ފައިދާގެ ޓެކްސް ގިންތި:-

1 އުރިދޫ މޯލްޑިވްސް

2 ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)

3 ޔުނުވާސަލް އެންޓަރ ޕްރައިޒަސް މޯލްޑިވްސް

ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީން ރިސޯރޓް ގިންތީގެ ތެރެއިން:-

ބެޑް ކެޕޭސީޓީ 150 އަށް ވުރެ މަދު ގިންތި:- އައިއެންޓީ މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ޗެވަލް ބްލޭންކް ރަންދެލި.

ބެޑް ކެޕޭސިޓީ 150 އާއި 250 އާއި ދެމެދު ގިންތި:- ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު.

ބެޑް ކެޕޭސިޓީ 250އަށް ވުރެ ގިނަ ގިންތި:- ޔުނިވާރސަލް ގެ ކުރަމަތި މޯލްޑިވްސް.

ފަތުރުވެރިކަމުގެ ޖީއެސްޓީން ޓްރެވަލް އޭޖެންސީ ގިންތި:- އިންޓުއާ މޯލްޑިވްސް.

ފަތުރުވެރިކަމުގެ ޖީއެސްޓީން ޓުއަރިިސްޓް ހޮޓެލްސް ގިންތި:-  ހުޅުލޭ އައިލެންޑް ހޮޓެލް.

ފަތުރުވެރިކަމުގެ ޖީއެސްޓީން ޓުއަރިސްޓް އުޅަނދު ގިންތި:- އެޗްޕީއެލް މޯލްޑިވްސްގެ ފޯ ސީޒަންސް އެކްސްޕްލޯރާ.

ފަތުރުވެރިކަމުގެ ޖީއެސްޓީން ޓުއަރިޒަމް ގެސްޓްހައުސް ގިންތިން :- ރެޕްކޫލް ޓްރެވެލް އެންޑް ޓުއަރސްގެ ސީޒަން ޕެރަޑައިސް.

ފަތުރުވެރިކަމުގެ ޖީއެސްޓީން އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ާޚިދުމަތުގެގިންތިން:- ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ).

ފަތުރުވެރިކަމުގެ ދާއިރާ ނޫން ދާއިރާތަކުގެ ތެރެއިން  ކުދި ވިޔަފާރިތަކުގެ ގިންތިން:- އަޙްމަދު ވަހީދު / ގަލޮޅު އޮޓޯ ގަރާޖް/ އޮޓޯ ޕާޓްސް ގަލޯރ.

މެދު ފަންތީގެ ވިޔަފާރި ގިންތިން:- ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް.

 ބޮޑެތި ވިޔަފާރިތަކުގެ ގިންތިން:- ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް.

 ބޭންކް ޕްރޮފިޓް ޓެކްސް ގިންތިން:- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް).

 ވިތްހޯލްޑިންގް ޓެކްސް ގިންތިން:- ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ).

ސަރުކާރު ޙިއްސާވާ ކުންފުނި ގިންތި:- ދިވެހިރާއްްޖޭގެ ގުޅުން  (ދިރާގް).

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.