
އައްޑޫސިޓީ ހުޅުދޫ-މީދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ. އެތަނުގެ ޚިދުމަތް މިއަދުން ފެށިގެން ލިބޭނެއެވެ. މި ސެންޓަރު ހުޅުވާފައިވަނީ އެދެރަށުގައި އެސްޓީއޯ ޢިމާރާތުގައެވެ.
މީރާއިން ވިދާޅުވީ މިސެންޓަރަކީ އެސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތް ވީހާވެސް ގާތުން ދިނުމަށް ހުޅުވި ސެންޓަރެއް ކަމަށެވެ.
މީގެއިތުރުން 2012 ވަނަ އަހަރުން ފެށިގެން ހިތަދޫގައި ހުންނަ މިރާގެ ބުރާންޗު މެދުވެރިކޮށް މިރާއިން ގެންދަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މި ބްރާންޗު ތަކުންވެސް މާލޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. އޭގެ ތެރޭގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި މީރާއަށް ބަލައިގަންނަން އެހެނިހެން ފައިސާ ބަލައިގަތުމާއި، ޓެކުހާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ގާއިމްކޮށް މިހާރުވަނީ ޚިދުމަތްދޭން ފަށައިފައެވެ.