ބޭންކް އޮފް މޯލްޑިވްސް އިން އެންޑޯޒްކޮށް ދިން "ނޮޓް-ނެގޯޝިއަބަލް" 6 ޗެކް ހޯދައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭންކް އޮފް މޯލްޑިވްސް އިން އެންޑޯޒްކޮށް އެސްއޯއެފްގެ ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ  "ނޮޓް-ނެގޯޝިއަބަލް" 6 ޗެކް ރިޔާސީ ކޮމިޝަންގެ ތަޙްޤީޤުން ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިމަޢުލޫމާތު އެމަނިކުފާނާ ހިއްޞާ ކުރެއްވީ ބޮޑެތި ޚިޔާނާތްތަކާ ކޮރަޕްޝަންތައް ބަލާ ތަޙްޤީޤް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނުންކަމުގައެވެ. އެކޮމިޝަނަށް މިހާރު ވަނީ ޤާނޫނީ ބާރު ދީފައެވެ.

އެމްއެމޕީއާރުސީ ހިންގައިފާ ޚިޔާނާތާއި ކަރަޕްޝަންގެ މައްސަލަތައް ތަޙްޤިޤުކުރުމުގައި ރަށްރަށާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެތެރެއިން "ނޮޓް-ނިގޯޝިއަބަލް" ޖަހައިފައިވާ ހަޗެކެއް އެންޑޯޒްކޮށް ބޭންކް އޮފްމޯލްޑިވްސް އިން އެސްއޯއެފްގެ ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން މަޢުލޫމާތު ދެއްވައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް  ވިދާޅުވިއެވެ.

ނަމަވެސް ބީއެމްއެލް އިން ބުނަމުން ދަނީ އެއީ ދޮގު ވާހަކައެއްކަމުގައެވެ. އެފަދަ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދީފައި ނުވާނެކަމަށެވެ.

މިޗެކްތަކުގެ މައްސަލައިގައި  ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އޮޅުވާލާ އިތުރުފުޅު ހެއްދެވި މައްސަލަ އެއް ފުލުހުން ވެސް މިހާރު ގެންދަވަނީ ތަޙްޤީޤުކުރަމުންނެވެ. ޝަރީފްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.