
ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ވަކީލަކު އިންތިޚާބު ކުރުމަށް ބާ ކައުންސިލް މެދުވެރިވެގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ބާއްވައި ދެއްވި އިންތިޚާބުގެ ވޯޓު ގުނަން ފަށައިފިއެވެ. އިންތިޚާބުގެ ވޯޓު ގުނަން ފަށައިފައިވަނީ ހަވާިރޔ 5:32 ގައެވެ.
މި އިންތިޚާބުގައި 5 ކެންޑިޑޭޓަކު ވާދަކުރައްވާފައިވެއެވެ. ޖޭއެސްސީއަށް އިންތިޚާބުކުރަނި އެންމެ ވަކީލެކެވެ. އެހެން ކަމުން މި ފަސް ކެންޑިޑޭޓުންގެ ތެރެއިން އެންމެގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކު ޖޭއެސްސީއަށް ހޮވިވަޑައިގަންނަވާނެއެވެ.
މި އިންތިޚާބުގެ ވޯޓުލާން ފަށާފައިވަނީ މިއަދު ހެނދުނު 9:20 ގައެވެ. އިންތިޚާބުގައި މާލޭގައި ވަނީ ވޯޓުލާނެ ދެ ފޮށި ބެހެއްޓެވިއެވެ. އައްޑޫގައި އެއްފޮށި ބެހެއްޓެވިއެވެ.
މި އިންތިޚާބު ބާއްވަން ޖެހުނީ ކުރިން އެމަގާމުގައި އިންނެވި ޤާނޫނީ ވަކީލާ އަލްއުސްތާޒާ ލަތީފާ ޤާސިމްގެ މަޤާމް ގެއްލުމުންނެވެ.