
ބާ ކައުންސިލުން ޖޭއެސްސީއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މިރޭއޮންނާނެ
ބާ ކައުންސިލްގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތު ނެގުން މިރޭ އޮންނާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ގުރުއަތު ނެގުން އޮންނާނީ މިރޭ 8:00 ގައި ބައުޖަމާލުއްދީން ސްކޫލް ހޯލުގައި ކަމަށެވެ. މި އިންތިޚާބުގައި 6 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުގައި ވޯޓުލާން ބޭނުންވާ މީހުންގެ ތެރެއިން ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް އިތުރު ކޮށްދީފައެވެ. މިހާރު އޮތް ގޮތުން އެ ފުރުސަތު މިރޭ 9:00 އާ ހަމައަށް އޮންނާނެއެވެ.
ބާ ކައުންސިލުން ޖޭއެސްސީއަށް މެމްބަރަކު ނުވަތަ ޤާނޫނީ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު އޮންނާނީ ޖުލައި 27 ގައެވެ.