އާންމުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާނެ މެމްބަރަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ

ފޮޓޯ: ޖޭއެސްސީ

އާންމުންގެ ތެެރެއިން ޖޫޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާނެ މެމްބަރަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައްވާނީ މިމަހުގެ 24 ގެ ނިޔަލަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާ ގޮތުން އާންމުންގެ ފަރާތުން ޖޭއެސްސީއަށް މެމްބަރަކު އައްޔަން ކުރާނީ އެކަމަށް ފުރުޞަތު ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުންނެވެ. އާންމުންގެ ފަރާތުން ޖޭއެސްސީގައި މިހާރު އިންނަވާ
އަލްއުސްތާޛު އަބްދުލް ޙަންނާން  އަޙްމަދުގެ މެމްބަރުކަމުުގެ މުއްދަތު 12 އޯގަސްޓަގައި ހަމަވާނެއެވެ.

ޖޭއެސްސީގައި ޤާނޫނީ ވަކީލުންގެ ފަރާތުން ހިމެނިވަޑަައި ގަންނަވާ މެމްބަރުގެ ގޮނޑިވެސް މިހާރު ހުރީ ހުސްކޮށެވެ. އެ ގޮޑީގައި ކުރިން އިންނެވި ޤާނުނީ ވަކީލްގެ ގޮނޑި ގެއްލުނީ ޤާނޫނީ ފަންނުގެ ޤާނޫނު ތަސްދީޤްކުރުމުންނެވެ. ޖޭއެސްސީއަށް ވަކީލަކު ކަނޑައަޅާނީ އަލަށް އުފެދިގެން ދިޔަ ދިވެހިރާއްޖާގެ ބާރ ކައުންސިލުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.