ކުރީގެ ނާއިބު ރައީސް އަދީބު މާލެ ބަންދަށް ބަދަލު ކޮށްފި

ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު މާލޭ ބަންދަށް ބަދަލު ކުރައްވައިފިއެވެ. މާލޭ ބަންދުގައި ހުންނަވާއިރި މާލެއިން ބޭރަށް އެމަނިކުފާނަށް ވަޑައެއްނުގަނެވޭނެއެވެ.

އަދީބަކީ ޚިޔާނާތުގެ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ. އެމަނިކުފާނު މާލޭ ބާންދަށް ބަދަލުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ގޭ ބަންދުގެ މުއްދަތު ހަމަވުމުންނެވެ. އެ މަނިކުފާނު ބަންދުގެ މުއްދަތު ހަމަވެ މިނިވަންވެ ވަޑައިގެންނެވިއިރު ސްޕްރީމްކޯޓުން ވަނީ އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓަވައިފައެވެ. އެހެން ކަމުން އެމަނިކުފާނަށް ރާއްޖެއިން ބާރަށް ވެސް ވަޑައެއް ނުގަނެވޭނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެފައިވަނީ އަދީބު ތަންފީޒު ކުރައްވަންޖެހޭ އެއްވެސް ޙުކުމެއް މިވަގުތުނެތް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ވަނީ މިނިވަން ވެފައެވެ.

އަޙުމަދު އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި ދަޢުވާ އުފުލި 33 އަހަރުގެ ޖަލު ޙުކުމެއް އައެވެ. އެހެންނަމަވެސް އެ ހުރިހާ ޙުކުމެއް ކޯޓުންވަނީ ބާތިލް ކުރައްވައިފައެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ޙުކުމްތައް ބާތިލް ކުރިޔަސް އެމަނިކުފާނާ ގުޅޭ މައްސަލަތަކުގެ ތަޙޫގޫގުތަކެއް ފުލުހުން މިހާރުވެސްދަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.