
އަމިއްލަ ޒާތުގައި ކަރަންޓު ކެނޑޭ ތިމާވެއްޓާ ރައްޓެހި، އިސްތިރި މާލެ ގެނެސް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.
މިއީ އަވަދިނެތި ބުރަކޮށް އުޅޭ މީހުންނަށް ވަރަށް ޚާއްސަ އިސްތިރިއަކަށް ވާނެއެވެ. އިސްތިރިކުރަން ހުރެފައި ހަނދާންނެތިގެން ކަރަންޓު ކަނޑާނުލިޔަސް މި އިސްތިރި އޭގެ ޒާތުގައި ކަރަންޓު ކަނޑާލައެވެ. އެހެންވުމުން އިސްތިރި ކުރަން ހުންނަ ހެދުން ނުވިރައި ސަލާމަތް ކޮށްލެވެއެވެ.
މިއީ ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ އިސްތިރިތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އަދި ރައްކާތެރިކަންބޮޑު އިސްތިރިތަކުގެ ތެރޭގައި ހިމެނޭ އިސްތިރިއެކެވެ.
ފިލިޕްސް ސްމާޓު އިސްތިރީން ހެދުމުގެ ރޫ ނުފިލައިގެން އުޅޭކަށް ނުޖެހެއެވެ. ކަރަންޓު ނުކަނޑައި ދެވިދާނެތި ކަންބޮޑުވާކަށް ނުޖެހެއެވެ.
ދިރިއުޅުމުގެ ފަސޭހަކަމަށް އިތުރު ލުޔެއް ގެނެސްދޭނެ މި އިސްތިރީގެ އަގަކީ އެންމެ 1233 ރުފިޔާ ކަމަށް އެސްޓީއޯއިން ބުންޏެވެ.