އުރީދޫ ގުޑި މަހާސަމާ މިއަދު ބާއްވައިފި

އުރީދޫ ގުޑި މަހާސަމާ މިއަދު ހެނދުނު 8.00 އިން 10.00 އަށް އައްޑޫސިޓީ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބާއްވައިފިއެވެ.

މިއީ އުރީދޫ ކަލަރ ރަންގެ ކުރިން ބާއްވި ޚާއްސަ ޙަރަކާތެކެވެ. މި ޙަރަކާތުގައި ގުޑި އެރުވުމާއި ކުޑި ހެދުމުގެ ވޯކްޝޮޕްތަކާއި، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް ކުރިއަށް ގެންދިއެވެ.އޭގެ އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚާއްސަ ސްޓޯލެއް ވެސް ބަހައްޓާފައިވެއެވެ.

އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމުނުއިރު ނުނަގާ ހުރި ކިޓްތައް، ގަންނަން ބޭނުންވި މީހުންނަށް އެފުރުސަތުވެސް މިހާރަކާތުގެ ތެރެއިންވަނީ ދީފައެވެ.

މިއަދުގެ އެންމެ ޚާއްސަ ޙަރަކާތް ކަމަށްވާ އުރީދޫ ކަލަރ ރަން، އޮންނާނީ މިއަދ ހަވީރު 3.30 އިން 6.00 އަށެވެ. އެ ޙަރަކާތްވެސް އޮންނާނީ ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. ޙަރަކާތް ފަށާނީ ވެސް އެތަނުންނެވެ. ނިންމާނީ ވެސް އެތަނަށެވެ.

މިއީ މަޖާ ތަފާތު ޙަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ކުރު ދުވުމެކެވެ. "މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި ޢާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ." އުރީދޫން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.