'އުރީދޫ ކަލަރ ރަން' ގައި 2000 މީހުން ބައިވެރިވި

އުރީދޫ އިން އައްޑޫގައި ބޭއްވި ކަލަރ ރަން ނިންމާލައިފިއެވެ. މި ދުވުމުގައި އައްޑޫގެ އެކި ރަށްތަކުން އެކި އުމުރުފުރައިގެ 2،000 އަށް ވުރެ ގިނަ ބައިވެރީން ބައިވެރިވިއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އުރީދުގެ މެނޭޖަރ މާކެޓިންގ ނޫރާ ޒާހިރު ވިދާޅުވިގޮތުގައި ޓީ-ޝާރޓް ގަނެން 1،500 ފާރަތަކުން ބައިވެރިކަމަށެވެ. އަދި އޭގެ އިތުރުން ގާތްގަނޑަކަށް 500 އެއްހައި މީހުން ބައިވެރިވި ކަމަށެވެ. 

ނޫރާ ވިދާޅުވިގޮތުގައި އުރީދޫ އިން ބާއްވާ މިފަދަ ހަރަކާތްތަކުގެ މަގްސަދަކީ އިޖްތިމާޢީ ގުޅުން ވަރުގަދަ ކުރުމެވެ. މިއަދުގެ ހަރަކާތުން ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ދުވުުންތެރީންގެ މޫނުމަތީން ފެނުނު ހިނިތުންވުމާއި އުފާވެރިކަން ކަން ނޫރާ ފާހަގަކުރެއްވިއެވެ.

ދުވުމުގައި ބައިވެރިވި ތިން ކުއްޖަކު ބުނީ އުރީދޫ ކަލަރ ރަން އަކީ ރައްޓެހިންނާއެކު ކުލަ ޖަހާ މަޖާކޮށްލަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި ދުވުން ވީހާ ގިނައިން އައްޑޫގައި ބޭއްވުން އެދޭ ކަމަށް އެކުދީން ބުންޏެވެ.  

ނޫރާ ވިދާޅުވީ މިއީ އުރީދޫގެ ފަރާތުން އިންތިޒާމުކޮށްގެން ބެއްވި ތިންވަނަ ކަލަރ ރަން ކަމަށެވެ. ފުރަތަމަ ދެ ދުވުން ބާއްވާފައިވަނީ މާލޭގައެވެ. މިއަދުގެ ދުވުމަކީ އަތޮޅުުތެރޭގައި ބޭއްވުނު ފުރަތަމަ ދުވުންކަން ވެސް ނޫރާ ފާހަގަކުރެއްވިއެވެ. އަންނަ ނޮވެންބަރު މަހު މާލޭގައި ކަލަރ ރަން އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް ނޫރާ ވިދާޅުވިއެވެ. އަދި މިހާރު އުތުރުގެ އަތޮޅެއްގައި މި ސިލްސިލާ ގެ ދުވުމެއް ބޭއްވުމުގެ މަޝްވަރާތައް ކުރިއަށް ދާކަމަށް ވެސް ވިދާލުވިއެވެ.

ދުވުން ކުރިއަށް ދިޔައިރު ބެހެއްޓިފައި ހުރި ސްޓޯލްތަކުން ލިބުނު ހުރިހާ ފައިސާއެއް ވަނީ ލައިން އެސޯސިއެޭޝަނަށް ހަދިޔާކޮށްފައި ކަމަށް އުރީދޫ އިން މައުލޫމާތު ދެއްވައެވެ.

މިއަދުގެ ހަރަކާތާ ގުޅޭގޮތުން އާފަތިހާ ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒު ވިދާޅުުވީ މިއަދު އައްޑޫގައި ބޭއްވުނު ރަން (ދުވުން) އަކީ މާލެއިން ބޭރުގައި ބޭއްވުނު އެންމެ ބޮޑު ދުވުން ކަމަށެވެ. މި ދުވުމުގައި އައްޑޫގެ ގިނަބަޔަކު ބައިވެރިވިކަން ފާހަގަކުރައްވައި ބައިވެރިންނަށް ނިޔާޒު ޝުކުރު އަދާކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.