އުރީދޫ ކަލަރރަން ނޮވެމްބަރު ނަވާވީހުގައި

އުރީދޫ ކަލަރ ރަން، ނޮވެމްބަރު މަހުގެ 29 ވާ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާނެކަމަށް އުރީދޫ މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.

ދުވުމުގެ އިތުރަށް އެދުވަހުގެ ހެނދުނު ގުޑި މަހާސަމާއެއް އޮންނާނެއެވެ. އަދި ރޭގަނޑު ގަޑީގައި މިއުޒިކް ޝޯ އެއްވެސް އޮންނާނެ ކަމަށް އުރީދޫންވަނީ ވިދާޅުވެފައެވެ.

އުރީދޫ ކަލަރ ރަންގެ ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައި ކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ. ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އުރީދޫ ކަލަރ ރަން އަށް ރަޖިސްޓަރ ކުރުމަށް:

http://ore.do/app - މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑުކޮށް، ލޮގް އިން ކުރަށްވާ. ރާއްޖޭގެ ކޮންމެ ނެޓްވާރކެއްގެ ނަމްބަރެއް ބޭނުންކޮށްގެންވެސް މި އެޕަށް ލޮގިން ކުރެވޭނެ.

-"ޝޮޕް ނައު" އަށް ފިއްތަވާ.

-ބޭނުންވެލައްވާ އުރީދޫ ކަލަރ ރަން ކިޓް، އަދި ސައިޒް ޗާޓާއި އެއްގޮތުގެ މަތިން ޓީޝާޓް ސައިޒު ޙިޔާރުކުރެއްވުމަށް ފަހު، 'ބައި ނައު' އަށް ފިއްތަވާ.

-މޫލީގެ ކާޓް ޚިޔާރުކުރެއްވުމަށް ފަހު، ޗެކް އައުޓް ކުރައްވާ.

-ކާމިޔާބުކަމާއި އެކު ރަޖިސްޓަރ ވުމާއިއެކު، އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ މައުލޫމާތު ލިބިގެންދާނެ.

އުރީދޫ ކަލަރރަންގެ މަގުސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ.  ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ ޙަރަކާތަކަށްވާނެ ކަމަށް އުރީދޫންވަނީ ވިދާޅުވެފައެވެ.

އުރީދޫ ކަލަރރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހެއް ނޫނެވެ. އެހެން ކަމުން ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމާ ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރެވޭނެއެވެ.

އުރީދޫ ކަލަރރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވިގެންދާނެއެވެ.

އުރީދޫ ކަލަރ ރަން ދުވަހުގެ ތަފާތު ހަރަކާތްތަކާއި، ޕާޓްނަރުންގެ ތަފްސީލުތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހިއްސާކުރެވޭނެއެވެ. ކުރީގެ އަހަރުތަކާއި އެއްފަދައިން، އުރީދޫ ކަލަރ ރަންގެ އިވެންޓް ޕާޓްނަރ އަކީ ޔުނިކްސް ސްޕޯޓިންގް އެވެ.

ފާއިތުވެދިޔަ ޖޫން މަހު އައްޑޫގައި ވެސް ވަނީ އުރީދޫ ކަލަރ ރަން އެއް ބާއްވައިފައެވެ. މިއީ މިއަހަރު ބޭއްވޭ ދެވަނަ އުރީދޫ ކަލަރ ރަން އެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް، މި ދުވުމުގައި ބައިވެރިވުމަށް، އުރީދޫ އިން ދައުވަތު އަރުވައެވެ. މިއީ މިހާރު ޢާއްމުންގެ ތެރޭގައި ވަރަސްބޮޑަށް މަޝްހޫރުވެފައިވާ މަޤުބޫލް ދުވުމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.