ބަންގްލާދޭޝްގައި 'ހެޑްފޯން އަޅައިގެން ހިނގާ މީހުން'ގެ 535 މީހުން ރޭލުން ޖެހި މަރުވެފައިވޭ

ޑާކާގެ ރޭލްވޭ ސްޓޭޝަނެއް

ބަންގްލާދޭޝްގައި ހެޑްފޯން އަޅައިގެން ރޭލު ދަގަނޑު ކައިރިން ހިނގަނިކޮށް ރޭލުން ޖެހި، 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް 535 މީހުން މަރުވެފައިވާ ކަމަށް އެގަމުގެ ފުލުހުން ހާމަކޮށްފިއެވެ.

ރޭލުވޭ ކައިރީގައި ސަލާމަތީ ދާ ފަދަ އެއްޗެއް ޖަހާފައި ނުހުންނަ ބަންގްލާދޭޝްގައި ރޭލު ދަށުވެގެން އަހަރަކު 1 ހާސް މީހުން މަރުވެއެވެ. 165 މިލިއަން މީހުންގެ އާބާދިއެއް އޮންނަ ބަންގްލާދޭޝްގެ ރޭލުތަކަކީ ދުނިޔޭގެ އެންމެ ބޮޑަށް ތޮއްޖެހިފައިވާ ރޭލުތަކެވެ.

ޑެޕިއުޓީ ރޭލްވޭ ޕޮލިސް ޗީފް މުރްޝިދް އާލަމް ވިދާޅުވި ގޮތުގައި، މީހުން ހޭލުންތެރިކުރުމުށް ބައްދަލުވުންތައް ބާއްވައި ލުއި ފޮތް ބަހައި، އަޑުގަދަކުރާއިން ކިޔައިދެމުން ރަށު ތެރޭއި ދުއްވުން ފަދަ ކަންކަން ކުރިނަމަވެސް ރޭލްވޭގެ ނުރައްކާތެރިކަމާމެދު މީހުން ނުވިސްނައެވެ.

"މިހާރުވެސް މީހުން ރޭލު ދަގަނޑު މަތީގައި. އެމީހުން އެކަމުގެ ނަތީޖާ ނޭނގޭ ކަހަލަ." އޭނާ ވިދާޅުވިއެވެ.

ހެޑްފޯނު އަޅައިގެން ރޭލު ގަދަނޑު މަތީގައި ހިނގުމަކީ އެގައުމުގައި މަނާ ކަމެކެވެ. ނަމަވެސް، ޑާކާގެ ރޭލް ޕޮލިސް ޗީފް ޔާސީން ފާރޫގު ވިދާޅުވިގޮތުގައި، އަދިވެސް އާއްމުން އެއީ މަނާކަމެއް ކަމަށް ނުބަލައި ރޭލު ދަގަނޑު މަތިން ހިނގައެވެ.

ޖިފުޓިތަކުގައި އުޅޭ އެތައް ލައްކަ މީހުންގެ ގެދެރު ހުންނަނީ ރޭލްވޭ ކައިރީގައެވެ. އަދި ރޭލްވޭއާ ނުރައްކާތެރި ދަރަޖައަށް ކައިރި ހިސާބުގައި ކާބޯތަކެތި ވިއްކާ ތަންތަންވެސް ހަދާފައި ހުރެއެވެ.

އާލަމް ވިދާޅުވި ގޮތުގައި އާއްމުންގެ އެއްބާރުލުން ލިބިގެން ނޫނީ ރޭލުން ޖެހި، ނުވަތަ ރޭލު ދަށުގައި ވެގެން މަރުވާ މީހުންގެ އަދަދު މަދުނުކުރެވޭނެއެވެ.

ބަންގްލާދޭޝްގައި 2800 ކިލޯމީޓަރުގެ ރޭލު ދަނގަޑު އަޅާފައި އޮތްއިރު، ފާއިތުވި އަހަރު ރޭލު ދަށުގައި ވެގެން 6 ހާސް މީހުން މަރުވެފައި ވެއެވެ.

އަވަށްޓެރި އިންޑިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ރޭލު ވިއުގަ އޮންނަ ގައުމެވެ. އެގައުމުގައި ރޭލު ދަށުވެގެން އަހަރަކު 25 ހާސް މީހުން މަރުވެއެވެ. އެ ގައުމުގައި ހެޑް ފޯނު އަޅައިގެން ހިނގަނިކޮށް ރޭލުން ޖެހި މަރުވި މީހުން އަދަދު ތަފާސް ހިސާބުތަކުން ހާމަކޮށްފައެއް ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.