ބޭރަށްހިންގުން

ބޭރަށް ހިންގުމަކީ ކޮބާ؟

ދުވާލަކު 3 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވޭނަމަ ބޭރަށް ހުންގަނީކަމަށް ބެލެވިދާނެއެވެ. ބައެއްފަހަރު ބޭރަށްހިންގާއިރު ލޭގެއަސަރު ހުރުން އެކަށީގެންވެއެވެ.

ބޭރަށް ހިންގަނީ ކީއްވެ؟

ޢާއްމުކޮށް ބޭރަށްހިންގަން މެދުވެރިވަނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ފަދަ ޖަރާސީމެއްގެ ސަބަބުންނެވެ. ބައެއްފަހަރު ބައްޔެއްގެ ސަބަބުންވެސް ނުވަތަ ބޭހެއްގެ ސަ ބަބުންވެސް ބޭރަށް ހިންގަފާނެއެވެ.

ބޭރަށް ހިންގާނަމަ ހަދާނީ ކިހިނެއް؟

ގިނައިން ދިޔާތަކެތި ބޯށެވެ.  ޢާއްމުކޮށް ފެން ބޯމިންވަރަށްވުރެ، އިރުތަށް ބޭރަށްހިންގާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް  200 މިލި މީޓަރަށްވުރެ ގިނައިން ފެންބޯންވާނެއެވެ. ހޮޑުލެވޭނަމަ ހޮޑުލެވޭއިރަށް ދިޔާތަކެތި ބުއިމުގެ ބަދަލުގައި 10 ނުވަތަ 5 މިނެޓުފަހުން ދިޔާތަކެތި ބޯށެވެ.

ތިޔާތަކެތީގެ ގޮތުގައި ފެނުގެ އިތުރުން އޯ.އާރު.އެސް ނުވަތަ ސޫޕް ފަދަ އެއްޗެއް ބުއިން ރަނގަޅުވާނެއެވެ. ހަކުރު ގިނައިންހުންނަ ތައްޔާރީ ޖޫހާއި، ކޯލާފަދަ ބުއިންތައް ވީހާވެސް މަދުކުރާށެވެ. އެފަދަ ބުއިންތައް ބުއިމުން ބޭރަށް ހިންގުން އިތުރަށް ގޯސްވުމަކީ އެކަށީގެންވާކަމެކެެވެ.

ތުއްތު ކުދިނަށް އަވަސް އަވަހަށް ގާތުން ކިރުދިނުމަކީ މުހިންމު ކަމެކެވެ.

ކެއުން މެދުކަނޑާނުލާށެވެ. މަދު އެތިކޮޅުކޮޅުން ލުއިކާނާ ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް ތެޔޮ، ކުޅި، ހަވާދުލީ ތަކެތި ކެއުން ރަނގަޅެއްނޫނެވެ.

ޑޮކްޓަރެއްގެ ލާފާހޯދުން:

ބޭރަށް ހިންގާއިރު، އަންނަނިވި ކަންކަމުގެ ތެެރެއިން އެއްވެސް ޢަލާމާލތެއް  ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކާށެވެ.

  • އާދައާ ޚިލާފަށް ކަރުހިއްކުން
  • ބޮލަށް އެނބުރުން އެރުން
  • މާބޮޑަށް ވަރުދެރަވާގޮތްވުން
  • ލޮލުގައި ރިއްސުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން
  • ހެޔަށް ގޮތްވާގޮތްވުން
  • ހޮޑުލެވި ބޮޑުކަމުދެވޭއިރު، ލޭގެ އަސަރުހުރުން
  • މާގިނައިން ހޮޅުލެވުމައި ތިޔާތަކެތި ނުބޮވުން
  • އާދައާޚިލާފަށް ބަނޑުގައި ރިއްސުން

މީގެ އިތުރުން ދިގުމުއްދަތަކަށް ބޭސްކުރަމުންދާ މީހުންނާއި، މާބަނޑު އަންހެނުން ބޭރަށް ހިންގާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.

ބޭރަށް ހިިންގާނަަމަ، ތިމާގެ ސަބަބުން އެހެން މީހުން ރައްކާތެރިކުރުމަށްވެެސް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އެގޮތުން ބޭރަށް ހިންގާމީހަކު އެހެންމީހުން ކެއުމަށް ކެއްކުމަކީ ރަނގަަޅުކަމެއްނޫނެނެވެ. އެއީ ބަލިފެތުރުމަށް މަގުފަހިވެދާނެ ކަމެކެވެ. ބޭނުންކޮށްފައިވާ ނެޕީފަދަ ތަކެތި ރައްކާތެރިގޮތުގައި ނނައްތާލަންވާނެއެވެ. ފާޚާނާ ބްލީޗްފަދަ އެއްޗެއް ބޭނުންކޮށްގެން ރަނގަޅަށް ދޮންނަންވާނެއެވެ. ޚައްސަކޮށް ފާޚާނަތަށި ފްލެޝްކުރާ ހެންޑެލްއާއި، ޝަވަރުފަދަ ތަންތަން ސާފުކުރުމަށް ސަމާލުވާށެވެ.

ބޭރަށް ހިންގާއިރު، އަމިއްލައަށް އެންޓިބައޮޓިކް ބޭނުން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ޢާއްމުކޮށް ބޭރަށްހިންގާނީ ވައިރަހުގެ ސަބަބުންކަމަށްވާއިރު، ވައިރަހުގެ ސަބަބުންޖެހޭބަލިތަކަށް އެންޓިބައޯޓިކުން މާބޮޑު އަސަރެއް ނުކުރެއެވެ. އެންޓިބައޯޓިކަކީ އއެބޭނުންކުރުމުގެ ސަބަބުން ބަލި ބޮޑުވެސް ވެެދާނެ އެއްޗެެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.