ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމުގެ ލިޔެކިތުންތައް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވަނީ ރައީސް ޢަބްﷲ ޔާމީން ގެ ސަރުކާރުންނެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ކިޔައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ އެކަމަކާ ބެހޭ ލިޔެކިޔުންތައް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ޝާހިދު ޙަވާލު ކުރެއްވީ އިއްޔެ ކަމަށެވެ.
މިކަމާބެހޭ އިތުރު ތަފްސީލް ނުދެއްވައި ހޫދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިން އޮތީ އެންމެ ދެ ޤައުމެއްގެ މައްޗަށް ބިނާވެފައި ކަމަށެވެ. ބެލެވޭ ގޮތުގައި ހޫދު އެވިދާޅުވީ ޗައިނާއި، ސަޢުދީޢަރަބިއްޔާގެ ވާހަކައެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އެކަން ވަނީ ބަދަލުވެފައި ކަމަށާއި ވަރަށް އަވަހަށް 4 ވަނަ ޕާޓްނަރޝިޕް ފޯރަމް ވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ވިދާޅުވިއެވެ. "އަންނަ ހަފްތާގައި އެބަ ހިންގަން ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން މިއަހަރު ކުރާނެ އެންމެބޮޑު އެއްމަސައްކަތް. އެއީ މޯލްޑިވްސް ޕާޓަނަރޝިޕް ފޯރަމް. މިއީ މީގެ 4 ވަނަ ފޯރަމް،" ހޫދު ވިދާޅުވިއެވެ. މިފަހަރުގެ ޕާޓްނަރޝިޕް ފޯރަމް ކުރީގެ ތިން ފަހަރަށްވުރެ ފުޅާވެފައި ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވަނީ ރައީސް ޢަބްﷲ ޔާމީން ގެ ސަރުކާރުންނެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ކިޔައިފިއެވެ.