
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މިމަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވައިލެއްވީ އެންމެފަހުން އެމަޤާމުގައި އިންނެވި ޢާއިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވުމުން އެމަޤާމް ހުސްވެފައިވާތީއެވެ. ޕީޖީގެ މަޤާމް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ.
ޕްރޮސިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު އެކެއް ވާ އާދީއްތަ ދުވަހު މެންދުރުފަހު 14:00 އެވެ.
ޕްރޮސިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.