ސަރުކާރުގެ ދުވަހު ޔައުމިއްޔާ އަރުޝީފުގެ ވެބްސައިޓުން ފެންނަން ހުންނާނެ: ޝާތިރު

ޤައުމީ އަރުޝީފުގެ ވެބްސައިޓް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އަރުޝީފް

ސަރުކާރުގެ ދުވަހު ޔައުމިއްޔާ ލިޔުއްވަން ފެއްޓެވި ދުވަހުން ފެށިގެން ލިޔުއްވާފައިވާ ޔައުމިއްޔާތައް އިއްޔެ އިފްތިތާޙު ކުރި ޤައުމީ އަރުޝީފުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝާތިރު ވިދާޅުވެއްޖެއެވެ.

ޤައުމީ އަރުޝީފުގެ ވެބްސައިޓު އިފްތިތާހުކޮށް ދެއްވީ ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫނެވެ. އިއްޔެއަކީ ބައިނަލްއަޤުވާމީ އަރުޝީފު ދުވަހެވެ. ޝާތިރު ވިދާޅުވީ ދިވެހި ސަރުކާރުގެ ދުވަހު ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުއްވަން ފެއްޓެވީ މުޙައްމަދު އަމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާ ޙަވާލުވެ ވަޑައިގެން ސަރުކާރު ހިންގަވަން ފެއްޓެވި ހިސާބުން ކަމަށެވެ. އެއީ 1942 ވަނަ އަހަރު ޖެނުއަރީ 12 ވަނަ ދުވަސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ނަވާރަ ސަތޭކަ ސާޅީސް ދެ އަކުން ފެށިގެން ލިޔަމުން ގެންދަވާ ސަރުކާރުގެ ދުވަހު ޔައުމިއްޔާ ވެބްސައިޓުގައި މިހާރު ހުންނޭ ޢާއްމުކޮށްފައި. މީގެ ސަބަބުން އެ ބަލައިލުމުގެ ފުރުސަތު އެންމެންނަށް ވެސް ލިބިގެންދާނެ،" ޝާތިރު ވިދާޅުވިއެވެ.

ޝާތިރު ވިދާޅުވީ އަރުޝީފުގެ ވެބްސައިޓުވެސް ދުވަހަކަށް ވުރެ ދުވަހެއް ތަރައްޤީ ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެގޮތުން އެންމެ ތާރީޚީފަތްފުތްތަކާއި ފޮޓޯތަކާއި އެފަދަ އެހެން އެއްޗެހިތައް ވެބްސައިޓުގައި ހިމެނުމުގެ މަސައްކަތް ކުރައްމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ފުރަތަމަ ފަށައިގަނެވޭއިރު އެންމެ ރަނގަޅަށް ނުފެނުނަސް އިރާދަ ކުރެއްވިއޔާ މިހަފްތާތެރޭގައި ވަރަށްބޮޑު ކުރިއެރުމެއް ވެބްސައިޓުން ފެންނާނެ." ޝާތިރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.