އުތުރުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސޫން ގޯސްވެ ބޯކޮށް ވާރޭވެހޭނެތީ އުތުރުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓު އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އިން ބ. އަތޮޅަށެވެ. މޫސޫން ގޯސްވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވަނީ މިއަދު ހެނދުނު 11:15 އިން ހަވީރު 4:00 އަށެވެ.

ރާއްޖޭގެ ޢާއްމު މޫސުމަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން އއުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހުން އެކަށީގެންވާ ކަމަށް ވިދާޅުވެފައިވެއެވެ.

 ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ އަދި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ  އެވެ.

އުތުރާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައި ގަދަ ވުމާއި ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭތީވެ، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އާންމުކޮށް ހުރިހާ ފަރާތް ތަކުން، ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް މެޓުއޮފީހުން ވަނީ އަންގަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.