މިދަތުރުން ދައްކުވައިދެނީ ރާއްޖެއާ ތަފާތު ރޮނގުތަކުން ގުޅުން ބަދަހިކުރަން ބޭނުންވާ މިންވަރު: މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެއަށް ވަޑައިގެންނެވުމުން އެއިން ދައްކުވައިދެނީ ތަފާތު ރޮނގުތަކުން ރާއްޖެއާ ގުޅުން ބަދަހުކުރައްވަން ބޭނުންފުޅުވާ މިންވަރު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދިވެހިބަބުން ކުރެއްވައިފައިވާ ޓްވީޓެއްގައި މޯދީ ވިދާޅުވެފައިވަނީ މިއީ އެމަނިކުފާނު ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރުގައި ބޭރުޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ. އެދަތުރުފުޅު ރާއްޖެއަށް ކުރެއްވުމުން އެއިން ދެ ޤައުމުގެ ގުޅުމުގެ މުހިންމުކަން ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީދީ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް ވަޑައިގެންނެވިޖެކަމަށް ވިދާޅުވެ ކުރެއްވި ޓްވޯޓެއްގައެވެ.

"ދިވެހިރާއްޖެއަށް އާދެވިއްޖެ. މިދަތުރު އަޅުގަނޑުގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު ދައްކުވައިދެނީ އިންޑިއާއި ދިވެހިރާއްޖެ ގުޅިފައިވާ ގުޅުމުގެ ވަރުގަދަ ގުޅުމުގެ މުހިމްކުކަން. އަދި ތަފާތު ރޮނގުތަކުން ގުޅުން ބަދަހި ކުރުމަށް ބޭނުންވާ މިންވަރު،" މޯދީގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.